Back
Nov 23, 2025 SUN
SUN

ސްޕޯޓްސް ކައުންސިލްގެ ނައިބު ރައީސް ކަމަށް ޖޭފޯ

ސްޕޯޓްސް ކައުންސިލްގެ ނައިބު ރައީސް ކަމަށް ޖޭފޯ
Lead photo

ސްޕޯޓްސް ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް އަބްދުލް މުހްސިން ހަމީދު (ޖޭފޯ) ހަމަޖައްސައިފިއެވެ.

އެ މަގާމަށް ޖޭފޯ ހަމަޖެއްސި އިރު އޭނާ އަދާކުރަމުން ދިޔައީ ޔޫތު މިނިސްްޓްރީގެ ޑެޕިޑުޓީ މިނިސްޓަރަކު ކަމުގެ މަގާމެވެ. ކުޅިވަރުގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޖޭފޯއަކީ ކުރިން އެފްއޭއެމްގެ ނައިބު ރައީސްގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުންވެސް ޖޭފޯ ވަނީ ރަައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރުކަމާއި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ރައީސްގެ މަގާމުވެސް އަދާ ކުރެއްވި ބޭފުޅެކެވެ.

މީގެ ކުރިން ސްޕޯޓްސް ކައުސިލްގެ ނައިބު ރައީސްގެ މަގާމު އަދާކުރި މުހައްމަދު އަނީސް (ތަރި އަނީސް)، މިދިޔަ އަހަރު އޯގަސްޓް މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމު އޮތީ ހުސްވެފައެވެ.

ސްޕޯޓްސް ކައުންސިލް އެކުލެވެނީ 11 މެންބަރުންގެ މައްޗަށެވެ. ކައުންސިލްގައި ހިމެނެނީ ކުޅިވަރާބެހޭ ވުޒާރާއިން މިނިސްޓަރު އައްޔަންކުރައްވާ ދެ ބޭފުޅަކާއި، ކުޅިވަރާބެހޭ ވަޒީރު އައްޔަންކުރައްވާ އަންހެން ދެ ބޭފުޅަކާއި، ކުޅިވަރާބެހޭ ވަޒީރު އައްޔަންކުރައްވާ ގާނޫނީ ވަކީލަކާއި، އެޑިޔުކޭޝަން މިނިސްޓްރީ ތަމްސީލް ކުރުމަށް އެ ވުޒާރާގެ ވަޒީރު އައްޔަންކުރައްވާ މެންބަރަކާއި، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލް ކުރުމަށް ދެ މެންބަރުންނާއި ނޮން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލް ކުރުމަށް ދެ މެންބަރުން އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީން ކަނޑައަޅާ މެންބަރެކެވެ.

ސްޕޯޓްސް ކައުންސިލްގެ މައިގަނޑު މަސައްކަތަކީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅޭ ކަންކަން ބެލެހެއްޓުމާއި އެތުލީޓުން ކުރިއަރުވައި ތަރައްގީކުރަން މަސައްކަތް ކުރުމެވެ. ސްޕޯޓްސް ކައުސިލްގެ ރައީސަކީ ރާއްޖޭގެ ކުޅިވަރަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އިބްރާހީމް އިސްމާއީލެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics