ހިޔާ މަޝްރޫއުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަޅާ ޓަވަރުތަަކުގެ ފައުންޑޭޝަންގެ ކޮންކްރީޓް މަސައްކަތް ފަށައިފިއެވެ.

އެމްޕީއެލްއިން ބުނީ، އެ ކުންފުނިން އަޅަން ހަމަޖެހިފައިވާ ތިން ޓަވަރުގެ ފައުންޑޭޝަން މަސައްކަތް ފަށައިގެން ކުރިއަށްދާއިރު ރޭ ފުރަތަމަ ޓަވަރުގެ ފައުންޑޭޝަން ކޮންކްރީޓް އަޅާފއިވާ ކަމަށެވެ.

ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ތިން ޓަވަރުގެ ފުރަތަމަ ހަތަރު ބުރީގެ މަސައްކަތް ނިންމާނެ ކަމަށްވެސް އެމްޕީއެލްއިން ބުންޏެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލްއިން އަޅާ 14 ބުރީގެ ތިން ޓަވަރުގެ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޑަބްލިއުއެންޑް އޭ އޯވަސީސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެމްޕީއެލްއިން އަޅާ ތިން ޓަވަރުގައި އެއް ކޮޓަރީގެ 204 އެޕާޓްމެންޓާއި، ތިން ކޮޓަރީގެ 330 އެޕާޓްމެންޓް ހުންނާނެއެވެ. އެއީ ޖުމްލަ 534 އެޕާޓްމެންޓެވެ.