29 Mar 2018, 09:55
ޝާހުރުކްޚާން ލީޑް ރޯލުން ފެނިގެންދާ ބޮލީވުޑްގެ ފްރެންޗައިޒް ފިލްމު ސީރީޒް ޑޮންގެ ތިން ވަނަ ބައިގައި ޑައިރެކްޓަރު ފަރްހާން އަޚްތަރު ވެސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް އެ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.
އޭނާގެ އަމިއްލަ ޓްވިޓާ އެކައުންޓްގައި ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ، ފިލްމާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށް އެދޭ ކަމަށެވެ.
ފަރްހާންގެ ޓްވީޓާ ގުޅިގެން ރިޕޯޓްތައް ބުނީ އެނާ އެ ފިލްމުން ފެނުމުގެ ފުރުސަތެއް ނެތް ކަމަށެވެ.
ފިލްމުގައި ހަރަކާތްތެރިވާނެ ފިރިހެން ލީޑް ހަމަޖެހުނު ނަމަވެސް ފިލްމުގެ އަންހެން ލީޑަށް އަދި ފަންނާނެއް ހަމަޖައްސާފައެއް ނުވެއެވެ. ޓްރޭޑް އެނަލިސްޓު ރަމޭޝް ބާލާ ކުރި ޓްވީޓްގައި ބުނެފައި ވަނީ ޑޮން 3 އަކުން ފެނިގެންދާނީ މުޅިން އާ މޫނެއް ކަމަށެވެ.
Request those who conjure up news about#Don3without any fact checking to please refrain.
It is not fair to raise expectations of the films fanbase via false news.— Farhan Akhtar (@FarOutAkhtar)March 27, 2018
ދުބާއީ އަދި އަބޫދާބީގައި ޝޫޓުކުރާ އެ ފިލްމަކީ ފަރްހާން ޑައިރެކްޓް ކުރާ ފިލްމެކެވެ.
'ޑޮން'ގެ ފުރަތަމަ ފިލްމު ނުކުތީ 1978 ވަނަ އަހަރު އެވެ. އެ ފިލްމުގައި ފެނިގެން ދިޔައީ އަމީތާބު ބައްޗަން އެވެ. އެއަށް ފަހު 2006 ވަނަ އަހަރު 'ޑޮން: ދަ ޗޭސް ބިގިންސް' ރިލީޒް ކުރި އެވެ. 'ޑޮން 2' ރިލީޒް ކުރީ 2011 ވަނަ އަހަރު އެވެ.
މައުލޫމާތު: ގަލްފް ނިއުސް