ސަންޖޭ ލީލާ ބަންސާލީގެ އެންމެ ފަހުގެ ފިލްމު 'ޕަދްމާވަތު' އަކީ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އެއް ޕްރޮޖެކްޓެވެ.

ބޮޑެތި ފިއްތުންތަކެއް ފިލްމަށް ކުރިމަތިވި ނަމަވެސް އެ ފިލްމު ވަނީ ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއް ހޯދައިފަ އެވެ. ދެ މަހަށް ވުރެ ގިނަ ދުވަސްވަންދެން ސިނަމާތަކުގައި ޕަދްމާވަތް ދައްކާފައިވާ އިރު ފިލްމު އޮންލައިންކޮށް ސްޓްރީމް ކުރެވޭނެ ގޮތް މިހާރު ވަނީ ހަދައިފަ އެވެ.

މި ފިލްމު އޮންލައިން ވީޑިއޯ އޮން ޑިމާންޑް ހިދުމަތްދޭ، "އެމެޒޯން ޕްރައިމް ވީޑިއޯ" އިން ސްޓްރީމް ކުރެވޭނެ ގޮތް މިހާރު ހަދާފައިވާ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ.

އެމެޒޯން ޕްރައިމް ވީޑިއޯ އިންޑިއާގެ ކޮންޓެންޓް ޑިރެކްޓަރު ވިޖޭ ސުބަރްމާނިއަން "ޕަދްމާވަތު" ޕްރައިމް އެމެޒޯން އިން ސްޓްރީމް ކުރާނެ ކަމަށާއި އަދި މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ޕަދްމާވަތު އަށް ބޮކްސް އޮފީހުގައި ވަނީ 540 ކުރޯޑު ރުޕީސް ލިބިފަ އެވެ. ދީޕިކާ ޕަދުކޯން، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންގް މުހިންމު ރޯލުތަކުން ފެނިގެންދާ އެ ފިލްމަކީ ސަންޖޭ ލީލާ ބަންސާލީގެ ވެސް އެންމެ ކާމިޔާބު ފިލްމެވެ.

މައުލޫމާތު: ލޭޓަސްޓް އެލްވައި