28 Mar 2018, 22:17
ރާއްޖޭގެ އެތެރޭގެ ކަންތައްތަކާ އިންޑިއާ އިން ނުބެހޭނެ ކަމަށް އިންޑިއާ އިން ބުނެފިއެވެ.
ޗައިނާ އާއި ރާއްޖެ އާއި ދެމެދު އޮންނަ ގުޅުން ވަރުގަދަވެފައިވާތީ އިންޑިއާ އިން ދަނީ ސީދާ ގޮތުންނާއި ނުސީދާގޮތުން އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. ނަމަވެސް އިންޑިއާގެ މީޑިއާގައި ވާހަކަ ދައްކަވަމުން އެގައުމުގެ އިސް އޮފިޝަލަކު ވަނީ ޗައިނާ އިން ސަރަހައްދުގެ ގައުމުތަކުގައި ކުރާ ކަންތައްތަކާ އެގައުމުން ނުބެހޭނެ ކަމަށް ބުނެފައެވެ.
އިންޑިއާގެ އޮފިޝަލު ވަނީ އެގައުމަށް ނުރައްކާވާފަދަ ކަމެއް ޗައިނާ އިން ނުކުރުމަށްވެސް ގޮވާލައިފައެވެ.
މީގެ ކުރިން ސަރަހައްދުގައި އޮތީ އިންޑިއާގެ ބާރު ކަމާއި ނަމަވެސް ރާއްޖެ އާއި ނޭޕާލު އަދި ލަންކާ ފަދަ ގައުމުތަކުގައި ޗައިނާ އިން ތަރައްގީގެ މަޝްރޫއުތައް ހިންގަމުން އަންނަ ކަން ވަނީ ފާހަގަ ކޮށްފައެވެ.
"ރާއްޖެ ނޫނީ ނޭޕާލުގައި ޗައިނާ އިން ކުރާ ކަންތަކެއް އަހަރެމެންނަކަށް ނުހުއްޓުވޭނެ. ނަމަވެސް އިންޑިއާގެ އުސޫލުތައް ބުނެދެވޭނެ. އެކަމާ ހިލާފުވެއްޖެނަމަ ދެން ޒިންމާ ނަގަން ޖެހޭނީ ޗައިނާ އިން،" އިންޑިއާ ސަރުކާރުގެ އޮފިޝަލް ވިދާޅުވިއެވެ.
އިންޑިއާ ސަރުކާރުގެ އޮފިޝަލު ވިދާޅުވީ މި ސަރަހައްދަކީ އިންޑިއާގެ އަމިއްލަ މުދާ ގަނޑެއްކަމަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.
ރާއްޖެ އާއި ލަންކާ އަދި ނޭޕާލުގައި ޗައިނާ އިން ތަރައްގީގެ މަޝްރޫއުތައް ހިންގަމުން އަންނައިރު އެކަމާ އެންމެ ކަންބޮޑުވަނީ އިންޑިއާ އިންނެވެ. އިންދިއާ ކަނޑުގައި ޗައިނާ އިން އަތްގަދަ ކޮށްފާނެކަމަށްޓަކާ އެގައުމުން އަބަދުވެސް އޮންނަނީ ފާރައަށެވެ.
އުތު އޭޝިއާގެ ގައުމުތަކާ އެކު ޗައިނާ އިން ގުޅުން ބަދަހިކުރުމަކީ މައްސަލައެއް ނޫން ކަމަށް އިންޑިއާ އިން ޗައިނާ އަށް ކަނޑައަޅުއްވާފައި ހުންވާ ސަފީރު ގޯތަމް ބަމްބަވާލޭ ވެސް ދާދިފަހުން ވަނީ
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޯކްލޭ ކައިރި މުސްތަގުބަލެއްގައި ސްރީ ލަންކާއަށާއި ބަނގްލަދޭޝް އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށާއި އެ ދަތުރުފުޅުގައި ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށް އިންޑިއަން އެކްސްޕްރެސްގައި ވަނީ ބުނެފައެވެ.