ގޫގުލްއިން ޖިފް ޕްލެޓްފޯމު ޓެނާ ގަނެފިއެވެ.

ގޫގުލް އިން ބުނީ ކުރިއަށްް އޮތްތަނުގައި ގޫގުލް އިމޭޖް ސާޗްގައި ޓެނާގެ ޖިފްތައް ހިމެނޭނެ ކަމަށާއި ގޫގުލް ކީބޯޑު ބޭނުންކުރާ މީހުންނަށްވެސް ފަސޭހައިން ޖިފް ފޮނުވައި ހެދޭނެ ކަމަށެވެ.

ޓެނާ އަކީ ފޭސްބުކް އިން މީގެ ކުރިން އެމީހުންގެ މެސެންޖާ ގައި ޖިފް ފޮނުވަން ބޭނުންކުރި ޕްލެޓްފޯމެވެ.

ގޫގުލް އިން ޓެނާ ގަތުމާއެކު، ފޭސްބުކް މެސެންޖާގައި ޓެނާ ބޭނުން ކުރެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ގޫގުލް އިން ބުނީ ޓެނާ މަސައްކަތް ކުރާނީ ވަކި ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ. އެކުންފުނީގެ އިނޖިނިއަރިން ޑިރެކްޓަރު ކެތީ އެޑްވާޑު ބުނީ ގޫގުލްގެ ޕްލެޓްފޯމުތަކުން ޖިފް ފެންނަވަރު ދެން އިތުރުވާނެ ކަމަށެވެ.