28 Mar 2018, 19:26
އައްޑޫ ސިޓީގެ ފޭދޫގައި ޕާޓީ، ޕިކްނިކް އަދި ބާބަކިއުތައް ބާއްވާނެ ސަރަހައްދެއް ތަރައްގީކުރަން ނިންމައިފިއެވެ.
އައްޑޫ ސިޓި ކައުންސިލް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އައްޑޫސިޓީ ފޭދޫ އަވަށުގައި ރަނގަޅު ފެންވަރަށް ބާބަކިއު، ޕާޓީ، ޕިކްނިކް ފަދަ ހަރަކާތްތައް ބޭއްވޭގޮތަށް ވަސީލަތްތައް ގާއިމުކުރުމަށް ބޭނުންވާ ކަމަށެވެ.
އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާއިރު އަންނަ މަހުގެ އެކަކުން ފެށިގެން ފަސްވަނަ ދުވަހުގެ ނިޔަލަށް ބިޑް ވިއްކާނެއެވެ. ބިޑް ޑޮކިއުމެންޓު ގެ އަގަކީ 300 ރުފިޔާ އެވެ.
އެ ސަރަހައްދު ތަރައްގީ ކުރާނީ ގަމާ ވީ ސަރަހައްދުގައިކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.