އަސަރީ ސާވިސާސް ޕްރައިވެޓް ލިމިޓެޑް އާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސް ގުޅިގެން ބާއްވާ މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ ފެއާ މާދަމާ ފަށާނެއެވެ.

"މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ 2018"ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފެއާއާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަސަރީ ސާވިސަސްގެ އިވެންޓް ޑައިރެކްޓަރު އައިމިނަތު މުއީނާ ވިދާޅުވީ މާދަމާ ފަށާ ފެއާގައި ގިނަ އިންސްޓިޓިއުޝަންތަކެއް ބައިވެރިވާ ކަމަށެވެ،

މި ފެއާ ބޮޑެތި އިންސްޓްޓިއުޓުން ބައިވެރިވާނެ. ޢޭގެ ތެރޭގައި އިންޑިއާ އަދި މެލޭޝިއާގެ އިންސްޓިޓިއުޓުތައް ވެސް ހިމެނޭ. ފެއާގެ އެންމެ ގިނައިން ބައިވެރިވަނީ ސްރީލަންކާގެ އިންސްޓިޓިއުޓުތައް،" މުއީނާ ވިދާޅުވިއެވެ.

މިއީ އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ ފެއާ ކުރިއަށްގެންދާ ތިން ވަނަ އަހަރެވެ. އެކްސްޕޯ ކުރިއަށް ދާނީ މާދަމާއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު މެންދުރު 03:00 ން ރޭގަނޑު 08:00 އަށް ދަރުބާރުގޭގައެވެ.

ފަންސާހަށް ވުރެ ގިނަ އިންސްޓިޓިއުޓަކުން ބައިވެރިވާ ފެއާގައި 500 އަށްވުރެ ގިނަ ދާއިރާތަކުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އަސަރީ ސާވިސާސްއިން ބުންނެވެ. އޭގެތެރޭގައި މެޑިކަލް އާކިޓެކްޗާ، ބިޒްނަސް އަދި އެކައުންޓިން ފަދަ ދާއިރާތަކުން ޑިޕްލޮމާ، ޑިގްރީ އަދި މާސްޓާސް ކޯސްތައް ހިމެނެއެވެ.

ފެެއާގައި ޔުނިވާސިޓީގެ ކޯސްތަކަށް އެޕްލިކޭޝަން ފޯމްތައް ވެސް ބަލައިގަންނާނެ ކަމަށް އަސަރީ ސާވިސަސްއިން ބުންޏެވެ. ޔުނިވާސިޓީތަކުގައި ރަޖިސްޓްރީވާ ދަރިވަރުންނަށް ކޯސްތަކުން ޑިސްކައުންޓްވެސް ލިބިގެން ދާނެއެވެ.

އެހެން އަރަކެކޭ އެއްގޮތަށް މިއަހަރުވެސް ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލަކީޑްރޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބުނީ ފެއާގެ އެންމެ ފަހު ރޭ ލަކީ ޑްރޯގެ ނަތީޖާ އިއުލާންކުރާނެ ކަމަށެވެ.

ލަކީ ޑްރޯގައި ހިމެނޭ ބައެއް އިނާމުތައް

  • ދިރާގު ގިފްޓު ވައުޗާޒް
  • މާފުށީ ގެސްޓްހައުސެއްގައި ދެމީހުންނަށް ދެރޭ ހުރުމުގެ ފުރުސަތު
  • 50،000 ރުފިޔާގެ އަގުހުރި މުދާ
  • އިންޑިއާގެ ޗެންނާއީއަށް ދެކޮޅު ޓިކެޓް
  • މޯލްޑިވިއަންއިން ރާއްޖޭގެ މަންޒިލަކަށް ދަތުރުކުރަން ދެކޮޅު ޓިކެޓު