Back
Nov 23, 2025 SUN
SUN

މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަޒްރާގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަޒްރާގެ މައްސަލަ ޕީޖީއަށް ފޮނުވައިފި
Lead photo

އިދިކޮޅު ފަރާތްތަކުން މާރިޗް މަހުގެ އެއްވަނަ ދުވަހު މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މާލޭ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ މެންބަރު އަޒްރާ މޫސާގެ މައްސަލަ ޕްރޮސިކުއުޓާ ޖެނެރަލް(ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އަޒުރާގެ މައްސަލަ ޕީޖީ އޮފީހުން އަންނަނީ ދިރާސާ ކުރަމުންނެވެ.

އަަޒްރާ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ތުހުމަތެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާ އާއި 533 ވަނަ މާއްދާގެ ދަށުންނެވެ.

ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާ އަކީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ނުވަތަ ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމާ ހަވާލުވެހުރި މުވައްޒަފަކަށް ހުރަސްއެޅުން ނުވަތަ ދަތިކުރުމާ ގުޅޭ ކުށް ހިމެނޭ މާއްދާ އެވެ.

ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާ އަކީ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށް ބަޔާންކުރާ މާއްދާ އެވެ.

އަޒްރާ އެ ފަހަރު ހައްޔަރުކޮށް ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން ކޯޓުންވަނީ އޭނާ ގޭ ބަންދުގައި ހަތް ދުވަސް ވަންދެން ބަންދުކޮށްފައެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics