ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް މިހާރު ފައިސާ ނަގަަމުންދާ އުސޫލު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ބަދަލުކޮށްފި އެވެ.

ރަޖިސްޓްރޭޝަން ޑިޕާޓްމަންޓުން މިދިޔަ އާދީއްތަ ދުވަހު ނެރުނު އިއުލާނުގައިވާ ގޮތުގައި، މިހާރު ފައިސާ ނަގަމުންދާ އުސޫލަށް ގެނައި ބަދަލުތަކަށް އަމަލުކުރަން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.

އާ އުސޫލުގައިވާ ގޮތުން، ފީ ބޮޑުކޮށްފައި ވަނީ ހަމައެކަނި ގެއްލިގެން ކާޑު ހެއްދުމަށެވެ. އެގޮތުން ކާޑު ގެއްލިގެން، ހުށަހަޅާ ފަރާތްތަކުން މިހާރު ދައްކަން ޖެހެނީ 180ރ. ކަމަށް ވިއަސް، އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން އެ ފަރާތްތަކުން ދައްކަން ޖެހޭނީ 250ރ. އެވެ.

އަދި މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު އާކުރަން ހުށަހަޅާ ހުރިހާ ފަރާތްތަކުން ވެސް އަންނަ މަހުން ފެށިގެން ދައްކަން ޖެހޭނީ 50ރ. ކަމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. މައުލޫމާތު ބަދަލުވެގެން މިހާރު ކާޑު ހަދައިދެމުން ދަނީ 150ރ. އަށެވެ.

އަދި ކާޑުގެ މުއްދަތު ހަމަވުމުގެ ކުރިން ފޮޓޯ ބަދަލުކުރުން ފަދަ ކަމެއްގައި ކާޑު އާކުރާ ނަމަ 150ރ. މިހާރު ނަގަމުންދިޔަ ނަމަވެސް، އާ އުސޫލުގެ ދަށުން އެ ފައިސާ ދައްކަން ޖެހޭނީ ހަމައެކަނި 10 އަހަރުން މަތީގެ މީހުންނެވެ. ދި އަހަރުން ދަށުގެ ކުދިންނަށް އެ ހިދުމަތް ދޭން ނަގާނީ 100ރ. އެވެ.