Back
Nov 23, 2025 SUN
SUN

އުރީދޫގެ އެމް ފައިސާ އެޕްލިކޭޝަން ވެލާނާ އެއާޕޯޓް ބުރުޒު ކެފޭއަށް ތައާރަފުކޮށްފި

އުރީދޫގެ އެމް ފައިސާ އެޕްލިކޭޝަން ވެލާނާ އެއާޕޯޓް ބުރުޒު ކެފޭއަށް ތައާރަފުކޮށްފި
Lead photo

މޮބައިލް ފޯނު މެދުވެރިކޮށް އެކި ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ ދެއްކޭނެހެން އުރީދޫގެ މޯބައިލް މަނީ ޚިދުމަތް "އެމް ފައިސާ" ވެލާނާ އެއާޕޯޓްގެ ބުރުޒު ކެފޭގައި ލޯންޗުކޮށް، ޕްރޮމޯޝަންއެއް ފަށައިފި އެވެ.

އުރީދޫއިން ބުރުޒު ކެފޭއަށް އެމް ފައިސާ ލޯންޗުކޮށް ޕްރޮމޯޝަން ފަށާފައި ވަނީ އިއްޔެއެވެ.

އިއްޔެއިން ފެށިގެން މެއި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ އެ ޕްރޮމޯޝަންގައި، ބުރުޒު ކެފޭއިން ކެއުމަށް ފަހު އެމް ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް ސެމްސަންގުން އެންމެ ފަހުން ނެރުނު އެސް 9ގެ ފޯނެއް ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ އެމް ފައިސާ ހިދުމަތަކީ ވޮލެޓްގައި ހުންނަ ރުފިޔާ ވޮލެޓްގައި ގެންގުޅުމުގެ ބަދަލުގައި، ފޯނުގައި ހިދުމަތް ރަޖިސްޓާ ކޮށްގެން، އެކައުންޓަކަށް ރުފިޔާ ޖަމާކޮށް، މޮބައިލް ފޯނު މެދުވެރިކޮށް އެކި ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެކެވެ.

އުރީދޫ އެމް ފައިސާގެ ހިދުމަތް ބޭނުންކޮށް މިހާރު ބިލްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ އިރު އުރީދޫއިން އަންނީ ގިނަ ބަޔަކާ އެކު ޕާޓްނާޝިޕް ހަދައި އެމް ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ސައްކަތް ކުރަމުންނެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics