ސްޓީވަން ސްޕީލްބާގް ޑައިރެކްޓްކޮށް އުފައްދާފައިވާ ފިލްމު "ރެޑީ ޕްލެޔާ ވަން" މި ހަފްތާ ބަންދުގައި ޝްވެކް ސިނަމާގައި ވެސް ޕްރިމިއާ ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

"ރެޑީ ޕްލެޔާ ވަން" އަކީ 2011 ވަނަ އަހަރު ހަމަ އެ ނަމުގައި ނިކުތް ވާހަކަ ފޮތެއްގެ އަސްލަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ.

ޓައި ޝެރިޑަން، އޮލިވިއާ ކޫކް އަދިި ބެން މެންޑޯލްސަން ފަދަ ތަރިން ފިލްމުން ފެނިގެންދާނެއެވެ.

އެ ފިލްމަކީ ސައިންސް ފިކްޝަނަލްް ފިލްމެކެވެ. ބެލުންތެރިން ގަޔާވާ، މޮޅު ފިލްމަކަށް މި ފިލްމު ވާނެ ކަމުގެ ޔަގީންކަށް ޓީމުން ދީފައިވެއެވެ.

ވާނާ ބްރަދާސް ޕިކްޗާސްއިން ގެނެސްދޭ އެ ފިލްމު ރިލީޒްކުރުމަށް ކުޑަތަންވެފައި ވާއިރު، އެ ފިލްމުގެ ޓްރެއިލާއަށް ވެސް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ.