28 Mar 2018, 09:43
ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮ އިޝާން ކައްޓަރުގެ ފިލްމު "ބިޔޯންޑް ދަ ކްލައުޑްސް" އަންނަ މަހު 20 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އިރާނުގެ މަޝްހޫރު ޑިރެކްޓަރު މާޖިދު މަޖްދީ ޑައިރެކްޓް ކުރާ އެ ފިލްމުގެ ދެވަނަ ޓްރެއިލާ އެއް އާންމުކޮށްފައިވާ އިރު ބެލުންތެރިން އަންނަނީ އިޝާންގެ އެކްޓިންނަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ.
މާޖިދުގެ ފުރަތަމަ އިންޑިއަން ފީޗާ ފިލްމަށް އެ ފިލްމުވެ، އޭނާ ބުނީ ފިލްމަށް ކުރާ އުންމީދުތައް ބޮޑު ކަމަށާއި ތަރިންގެ އެކްޓިންނާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.
ފިލްމުގެ އަންހެން ލީޑް އިން މަލްވިކާ މޮހާނަން ފެނިގެންދާނެ އެވެ. ބިޔޯންޑް ދަ ކްލައުންޑްސް ހިންދީ، ތަމަޅަ އަދި އިނގިރޭސި ބަހުން ވެސް ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ބިޔޯންޑް ދަ ކްލައުޑްސް' އަކީ އެއްބަނޑު އެއްބަފާ ދެކުދިން އެކަކު އަނެކަކާ ވަކިވެ، ދަތި އުނދަގުލުގައި ހޭދަކުރަން ޖެހުނު ދުވަސްތަކަކާއި އެ އުނދަގޫތަކުގެ މައްޗަށް ދެ ކުދިން ކާމިޔާބު ހޯދާ ގޮތެވެ. ފިލްމުގައި އިޝާން ފެނިގެން ދާނީ އާމިރުގެ ގޮތުގަ އެވެ.
އިޝާން ބޮލީވުޑް އަށް ތައާރަފްވާ ފިލްމު "ދަޅަކް" ވަނީ މި އަހަރު ތެރޭ ރިލީޒްކުރުމަށް ހަމަޖެހިފަ އެވެ.