ވަގަށް ފައިސާ ޓްރާންސްފާ ކުރި މައްސަލައެއްގައި ސަސްޕެންޑްކޮށްފަ ހުރި ބޭންކް އޮފް މޯލްޑިވްސް )ބީއެމްއެލް(ގެ ގއ. ވިލިގިލި ބްރާންޗުގެ މުވައްޒަފަކު އެހެން ކަސްޓަމަރެއްގެ ކޭޝް ކާޑުން ފައިސާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

ފުލުހުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ތަފްސީލެއް ނުދެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، މިދިޔަ ހަފްތާ ތެރޭގައި ހައްޔަރުކޮށްފައި ވަނީ ގއ. ވިލިނގިލި ޒޯން، އިސްލާމް ރަޝީދް،21، އެވެ.

އެހެން މީހެއްގެ ކާޑުން ފައިސާ ނެގި މައްސަލާގައި އޭނާ ހައްޔަރުކޮށްފައި މިވަނީ، ގއ. ވިލިނގިލީ ބުރާންޗުގެ އެކައުންޓަކުން ވަގަށް ފައިސާ ޓްރާންސްފާ ކުރި މައްސަލައެއްގައި މީގެ ދުވަސްކޮޅެއް ކުރިން ބޭންކުން އޭނާ ސަސްޕެންޑްކޮށްފައި ހުއްޓަ އެވެ.

އޭނާ ފައިސާ ނަގާފައި ވަނީ އާއިލާ މީހެއްގެ ކާޑުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް، ނެގީ ކިހާވަރެއް ކަމެއް ނޭނގެ އެވެ.