Last Updated: 8 year 8 month ago

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ބޫޓާން ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް ސަންގެ ކިޔުންތެރީންނަށް މަރުހަބާ!

ގައުމީ ފުޓްބޯޅަ ދަނޑުގައި މިމެޗަށް ދެ ޓީމު ނުކުންނައިރު:

ދެ ޓީމަށްވެސް ވަނީ އޭޝިއަން ކަޕް ކޮލިފައިނަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލިފައި.
- މިމެޗުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަންކަމުގެ ދައުރު އާދަކުރަމުންދިޔަ އަލީ އަޝްފާގު (ދަގަނޑޭ) އާއި ވައިސް ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ފެނިގެންނެއް ނުދާނެ.
- ދަގަނޑޭ ޓީމުން ވަކިކުރި އިރު، އަޑުބަރޭ ވަނީ މިއަދުގެ ވަގުތެއްގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައި.
މެޗުގައި ބޫޓާނުން މަސައްކަތްކުރަމުންދަނީ ބޮޑު ބޯޅައެއް ލައިގެން، ރާއްޖޭގެ ގޯލަށް ނުރައްކާކުރެވޭތޯ. ނަމަވެސް އެ މަސައްކަތް ބޫޓާނަށް އަދި ކާމިޔާބުވާގޮތެއް ނުވޭ.
ގައުމީ ޓީމުގެ މެޗުތަކަށް އާންމުގޮތެއްގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަންނަތަން ފެނިގެންދިޔަ ނަމަވެސް، މިރޭގެ މެޗުގައި ފެނިގެންދަނީ ވަރަށް މަދު އަދަދެއްގެ ސަޕޯޓަރުން.
މެޗުގެ ފުރަތަމަ 25 މިނެޓުގެ ކުޅުން ނިމުނުއިރު، ރަނގަޅު ކުޅުމެއް ދައްކާފައިވަނީ ރާއްޖެއިން. ރާއްޖެއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް، ބޫޓާނަށް ރާއްޖޭގެ ގޯލަށް ނުރައްކާ ކުރެވިފައެއް ނުވޭ.



