މަޝްހޫރު އިނގިރޭސި ސީރީޒް "ޕްރިޒަން ބްރޭކް" އިން މަޝްހޫރުކަމެއް ހޯދާފައިވާ ބަތަލާ ޑުޝޯން މޮނީކް ބްރައުން މަރުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ މަރުވެފައި ވަނީ މިދިޔަ ހުކުރު ދުވަހު ފްރާންސިސްކެން ހެލްތު އޮލިމްޕިޔާ ފިލްޑް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އުމުރުން 49 އަހަރުގައި ޑުޝޯން މަރުވެފައިވާ ސަބަބެއް އަދި ފަރުވާ ހޯދި ބައްޔެއް ވެސް މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.

އޭނާ އަކީ ޕްރިޒަން ބްރޭކްގައި މޮޅުު އެކްޓިންއެއް ދައްކުވައިދީފައިވާ ތަރިއެކެވެ.

ޑުޝޯން އަކީ މަޝްހޫރު ސީރީޒް "ދަ ޗިކާގޯ ފަޔާ"ގެ ކާސްޓެއް ވެސްމެ އެވެ.

މައުލޫމާތު: އިންޑިޕެންޑެންޓް