އިންވިޓޭޝަން ޓޭޕް ބޯލް ކުރިކެޓް މުބާރާތުގައި އިއްޔެ ޖީއެމްއާރާ ދެކޮޅަށް ކުޅުނު މެޗް ހަ ވިކެޓުން ކާމިޔާބު ކޮށް، މާލެ ސްޕޯޓްސް ކުލަބް ފައިނަލަށް ދަތުރު ކޮށްފި އެވެ.

ކުޅިވަރު އެކުވެނީ އެއް ނަންބަރު ދަނދުގައި އިއްޔެ ކުޅުނު މިމެޗްގައި ފުރަތަމަ ޓޮސް ދިމާވުމުން ޖީއެމްއާރު ކުލެންއަރައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 47 ލަނޑު ހެދި އެވެ. ޖީއެމްއާރު ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ހަތް ލަނޑު ހެދި އިސްމާއިލް އަނިލް އެވެ. އަދި ޖަވާބުގައި މާލޭ ސްޕޯޓްސް ކުލަބް ކުޅެންއަރައި ތިން އޯވަރުގެ ތެރޭގައި އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ، 50 ލަނޑު ހެދި އެވެ. އެގޮތުން މާލޭ ސްޕޯޓްސްއަސް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިން ދެ ކުޅުންތެރިންނަކީ 14 ލަނޑު ހެދި ދަނުސްކާއާ 24 ލަނޑު ހެދި ރޮބަޓް އެވެ.
މީގެއިތުރުން މިމުބާރާތުގައި އިއްޔެ ކުޅުނު ދެ ވަނަ މެޗްގައި އެއާ ޓެކްސީއާ ބައްދަލުކޮށް ހަ ވިކެޓުން މެޗް ކާމިޔާބު ކުރީ އެސްޓީއޯގެ ޓީމެވެ.

މިމުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައި ވަނީ ޖީއެމްއާރާ އެއާޓެކްސީގެ ޓީމެވެ. މެޗް ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:30 ގައެވެ.