މައިކްރޯސޮފްޓުގެ ބްރައުޒާ "އެޖް" އައިޕެޑު އަދި އެންޑްރޮއިޑް ޓެބްލެޓުތަކަށް ލިބޭނެކަމަށް އެކުންފުނިން ބުނެފިއެވެ.

އިއްޔެ އިން ފެށިގެން މި ޑިވައިސްތަކަށް ބްރައުޒާ ރިލީޒްކޮށްފައިވާއިރު، އައިއޯއެސް 11ގައި ހިމެނޭ ސްޕްލިޓް ސްކްރީން ސަޕޯޓު މި ބްރައުޒާ އަކަށް ނުލިބޭނެއެވެ. އެއީ މައިކްރޯސޮފްޓުން އެ ފީޗާ ހިމަނާފައި ނުވާތީއެވެ.

އައިޕެޑު ބޭނުންކުރާއިރު އެހެން އެޕް ތަކާއެކީ އެޖް ބްރައުޒާ ބޭނުމެއް ނުކުރެވޭނެއެވެ.

ރީޑިން ވިއު އަދި ލިސްޓު، އެންޑްރޮއިޑް އާއި އައިއޯއެސް ގައި ވެސް ސަޕޯޓު ކުރާނެއެވެ.

މިއީ ޒަމާންވީ މައިކްރޯސޮފްޓް އިންޓަނެޓް އެކްސްޕްލޯރާގެ ބަދަލުގައި އެކުންފުނިން ޑިވެލޮޕްކޮށްފައިވާ އެޕް އެކެވެ. ވިންޑޯސް 10ގައި މި އެޕް ބޭނުން ކުރެވޭލެއް އިތުރަށް ފުރިހަމަ ވާނެއެވެ.

މި ބްރައުޒާ، އެޕް ސްޓޯ އަދި ގޫފުލް ޕްލޭއިން މިހާރު ޑައުންލޯޑު ކުރެވޭނެއެވެ.