27 Mar 2018, 08:34
ދަރިވަރުންނަށް ލިބިފައިވާ އިލްމީ މިންގަނޑަކި ހަމަައެކަނި ސެޓްފިކެޓް ކަމުގައި ހަދައިގެން ނުވާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.
ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ދަސްވެނިވުމަށް ދަރުބާރުގޭގެ ރަންނަ ބަނޑޭރި މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަަކަދައްކަވަމުން އަޒްލީން ވިދާޅުވީ، ސެޓްފިކެޓްގެ އިތުރުން އެހެނިހެން ގޮތްގޮތުން ވެސް އިލްމު އުނގެނުން ފުޅާކުރަން ޖެހޭ ކަމަށެވެ.
" ތިމާގެ އިލްމީ ގާބިލްކަން ބަލާ މިންގަނޑަކީ ހަމައެކަނި އަތަށް މިއަދު ؛ލިބުނު ސެޓްފިކެޓް ކަމުގައި ހައްދަވަައިގެން ނުވާނެ. ތަޖުރިބާއަކީވެސް މުހިންމު އެއްޗެއް ކަމަށް ގަބޫލު ކުރައްވަން ވާނެ. އަދި ޓެކްނޮލޮޖީއާއި ދުނިޔެ ކުރިއަރައި ދާ ހަލުވިމިނާ އެއްވަރަށް ރިސާޗް އަމިއްލައަށް ހައްދަވައި ނަފްސު މުއްސަނދިވާ އިލްމު އިންޓަނެޓާއި އަދި ފޮތްތަކުގެ ޒަރިއްޔާއިން ހޯދުމުގައި ތިމާ މި ދުނިޔެއިން ވަކިވެގެން ދަންގެން އުޅުމަކީ އަމިއްލަ ނަފްސަށްޓަކައި ކޮންމެހެން ކުރަންޖެހޭނެ މުހިންމު ކަމެއްގައި މިއަދުން ފެށިގެން ހައްދަވަން ވާނެ،" އަޒްލީން ވިދާޅުވިއެވެ.
ގައުމީ ޔުނިވާސިޓީން ޕީއެޗްޑީ ހާސިލްކުރި ސުނައިނާއަށް ހޯމް މިނިސްޓަރު އަޒްލީން ސަނަދު އަރުއްވަނީ-- ސަން ފޮޓޯ؛ މުހައްމަދު އަފުރާހު
އަޒްލީން ވިދާލުވީ، އިލްމަކީ މާތް ﷲ ދެއްވައިފައިވާ އަމާާނާތެއް ކަމަށާއި އަދި އެ އަމާނާތަށް އެއްވެސް ހާލެއްގައި ހިޔާނާތްތެރި ވެގެން ނުވާނެ ކަމަށެވެ. އަދި އިލްމެއް ލިބުނަސް އަހުލާގީ ސިފަތަކުން ޒީނަތްތެރި ނުވާނަމަ އިލްމުން ލިބޭނެ މޮޅެއް ނޯންނާނެ ކަމަށާއި އަދި އޭގެން ލިބޭނެ ހިތްހަމަޖެހުމެއްވެސް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިލްމަކީ ހިފަހެއްޓޭނެ އެއްޗެއް ނޫން ކަމަށާއި އަދި އިލްމުގެ ނޫރު ފެތުރުމަށް ދަރިވަރުން މަސައްކަތްކުރުމަށްވެސް އަޒްލީން އިލްތިމާސް ކުރައްވިއެވެ.