މޮސްކޯ (މާޗް 26): މިސްރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ލުން މިއަދު ފަށައިފި އެވެ.

ތިން ދުވަހަށް ދެމިގެންދާ އެއިންތިހާބުގައި ވާދަ ކުރައްވަނީ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އައި ސީސީއަށް ތާއިދު ކުރައްވާ ފަރާތެއް ކަމަށްވާ މޫސާ މުސްތަފާ މޫސާ އެވެ.

ދެހާސްސާދަ ވަނަ އަހަރު ސީސީ ވެރިކަމަށް އިންތިހާބުވެ ވަޑައިގެންނެވި އިރު އޭނާއަށް ވޯޓު ދިން ފަރާތްތަކުގެ 97 ޕަސެންޓް ތާއީދު ލިބުނެވެ.

ނަމަވެސް އެއިންތިހާބުގައި ވޯޓު ދިނީ މިސްރުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ މަދުންނެވެ. އެހެންކަމުން ސީސީގެ ސަރުކާރުން ދަނީ މިފަހަރު ވީހާވެސް ގިނަ މީހުން އިންތިހާބުގައި ބައިވެރިވުމަށް ގޮވާލަމުންނެވެ.

މިސްރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް މީގެ ކުރިން ހަތް ފަރާތްތަކުން ބުނި ނަމަވެސް، ފަހުން އެފަރާތްތަކުން ވަނީ ރިޔާސީ ރޭހުން ވަކިވެފައި އެވެ. އޭގެ ތެރޭގައި ހިއުމަން ރައިޓްސް ވަކީލު ޚާލިދު އަލީ އާއި ކުރީގެ ބޮޑުވަޒީރު އަހުމަދު ޝަފީގު ހިމެނެ އެވެ.

އަދި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވި މިސްރުގެ އަސްކަރިއްޔާގެ ކުރީގެ ޗީފް އޮފް ސްޓާފް ސަމީ އަނާން ވަނީ ޖެނުއަރީ މަހު ހައްޔަރުކޮށްފައި އެވެ. (އަލްޖަޒީރާ)