26 Mar 2018, 14:35
ސްޓެލްކޯގެ ބޭނުމަށް ޓެންޑާ ކޮށްގެން ގެނައި ފޯކްލިފްޓެއް އެއްބަސްވުމާ ޚިލާފަށް ގެނެސް، ސްޓެކްލޯގެ ގޯތިތެރޭގައި އޮންނަ މައްސަލަ ކޯޓަށް ހުށަހެޅުމުން އެމައްސަލައިގައި ހުކުމެއް ނީއްވާ ގިނަ ދުވަސްވާތީ އެ ކުންފުނިން ކަންބޮޑުވެއްޖެއެވެ.
އެކުންފުނީގެ އެސިސްޓަންޓް ޑިރެކްޓަރު އަބްދުﷲ ނާޒިރު މިއަދު ވިދާޅުވީ 2010 ވަނަ އަހަރު ސްޓެލްކޯގެ ބޭނުމަށް ޓެންޑަ ކޮށްގެން ސެންޓަ އެންޓަޕްރައިސަސް ގެނައި ފޯކްލިފްޓު ސްޓެލްކޯގެ ގޯތިތެރެއަށް ވައްދާފައިވަނީ، އެ ހަވާލުކުރުމަށް އޮންނަ އުސޫލާ ޚިލާފަށް ކަމަށެވެ.
ސްޓެލްކޯއިން އިއުލާނު ކުރީ ހަ ޓަނުގެ ފޯކް ލިފްޓެއް ގެނައުމަށް ކަމަށާއި ސެންޓަ އެންޓަޕްރައިސަސްއިން ކޮށްދިނީ ހަތަރު ޓަނުގެ ފޯކް ލިފްޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ފޯކްލިފްޓާ ގުޅިގެން ސްޓެލްކ އިން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާއިފައެވެ. ފޯކްލިފްޓް 15 ދުވަސްތެރޭ ސްޓެލްކޯގެ ގޯތި ތެރެއިން ނެރުމަށް ސެންޓަ އެންޓަޕްރައިސަސްގެ މައްޗަށް
ނަމަވެސް އެ މައްސަލަ ސެންޓާ އެންޓަޕްރައިސެސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ހުކުމް ކުރީ ފޯކް ލިފްޓާ ސްޓެލްކޯއިން ހަވާލުވުމަށެވެ.
ސްޓެލްކޯއިން ވަނީ އެ މައްސަލައިގައި ދަށު ކޯޓުމް ކުރި ހުކުމް ރަނގަޅު ކަމަށް ކަނޑައަޅައިދިނުމަށް އެދި ސްޕްރީމު ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާ ކަމަށާއި ނަމަވެސް ހުކުމް ކުރުމުގައި ދިގުލައިގެން ދާތީ އެކުންފުނިން އެކަމާ ކަންބޮޑުވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ފޯކް ލިފްޓުގެ އަގަކީ 1.29 މިލިއަން ރުފިޔާ ކަމަށް އެއްބަސްވުމުގައި ބުނެފައިވާނެ ކަމަށާއި ނަމަވެސް ސަޕްލަޔަރު ވަނީ އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގައި 44 މިލިއަން ރުފިޔާ ނަގައިދިނުމަށް ސިވިލް ކޯޓުގައި އެދިފައިކަމަށް ސްޓެލްކޯއިން ބުންޏެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލަ ނިމެންދެން ސެންޓަ އެންޓަޕްރައިސަސްއިން ހުށަހެޅި މައްސަލަ ބެލެން ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އެ ފޯކް ލިފްޓާ ގުޅޭގޮތުން ސްޓެލްކޯއިން ބުނީ އޭގެ ނޭމް ޕްލޭޓުގައި އެއީ 4.6 ޓަނުގެ އެއްޗެއްކަމަށް ޖަހާފައިވާ ކަމަށާއި އެކަން ސަޕްލަޔަރުގެ ސަމާލުކަމަށް ގެނައުމުން އެއީ "އޮޅުމަކުން ޖެހިފައި އިން އެއްޗެއް ކަމަށް" ބުނި ކަމަށެވެ. ނަމަވެސް އެއީ ގަބޫލު ކުރެވޭ ކަމަކަށް ނުވާތީ، އެކަން އިތުރަށް ސާފުކުރުމަށް ފޯކް ލިފްޓު އުފެއްދި ކުންފުންޏަށް ގުޅައިގެން ބެލި ބެލުމުން އެ ފޯކް ލިފްޓަކީ 4.6 ޓަނުގެ އެއްޗެއްކަން ސާފުވިކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ ފޯކް ލިފްޓަކީ އެކުންފުނީގެ މަސައްކަތުގައި ވަރަށް ގިނައިން ބޭނުންކުރަންޖެހޭ އެއްޗެއް ކަމަށާއި މިހާރު އެކުންފުނިން ފޯކް ލިފްޓު ބޭނުންކުރަނީ ކުއްޔަށް ނަގައިގެން ކަމަށެވެ. ކުންފުނީގެ އަމިއްލަ އެއްޗެއް ނެތުމުން ގެއްލުން ވާ ކަމަށާއި ދަތިތައް ކުރިމަތިވާކަމަށްވެސް އެކުންފުނިން ބުންޏެވެ.
ފޯކް ލިފްޓު އޮންނަނީ ސްޓެލްކޯގެ ގޯތިތެރޭ 100 އަކަފޫޓުގެ ސަރަހައްދެއްގައި ކަމަށާއި އޭގެ މައްޗަށް ކުންފުނީގެ ގާނޫނީ ހައިސިއްޔަތެއް ނެތް ނަމަވެސް އޭތި ބާއްވާފައި އޮންނާނީ ހިޔާކޮށްފއި ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އަދި އޭތި ކުންފުނީގެ ގޯތިތެރޭ އޮންނާތީ ބައެއް މަޝްރޫއުތައް ކުރިއަށް ނުގެންދެވި ވާކަން އެ ކުންފުނިން ފާހަގަ ކުރިއެވެ.