25 Mar 2018, 09:56
އިންޑިއާގެ ކްރިކެޓް ކެޕްޓަން ވިރާޓް ކޯލީ އާއި ބަތަލާ އަނުޝްކާ ޝަރްމާގެ ކައިވެންޏަށް ފަހު އަނެއްކާ ވެސް ބޮލީވުޑްގެ ވަރުގަދަ ފަންނާނެއްގެ ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށް ޚަބަރުތައް ބުނެފި އެވެ.
މިފަހަރު މި ދެކެވެނީ ބަތަލާ ސޯނަމް ކަޕޫރު އާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބެލެވޭ އިންޑިއާގެ ވިޔަފާރިވެރިޔާ އާނަންދު އަހޫޖާގެ ކައިވެނީގެ ވާހަކަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ދެމީހުންގެ ކައިވެނި ކުރާނީ އަންނަ މެއި މަހުގެ ތެރޭގައި ޖެނީވާގަ އެވެ. ކައިވެނީގެ ހަފްލާ ކުރިއަށް ދާނީ މެއި 11 އަދި 12 ދެ ދުވަހު ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކައިވެނީގެ ހަފްލާ ބާއްވަން ކުރިން ހަމަޖެހިފައި އޮތީ އުދެއިޕޫރު އަދި ޖެއިޕޫރުގައި ނަމަވެސް، އެންމެ ފަހުން ދެމީހުން އެއްބަސްވީ ޖެނީވާގައި ކައިވެނި ކުރުމަށެވެ.
ކައިވެނީގެ ހަފްލާ އަށް ދައުވަތު ދެނީ ހަމައެކަނި ދެ ފަރާތުގެ އާއިލާ އަށާއި ގާތް އެކުވެރިންނަށް ކަމަށްވެ އެވެ.
ދެމީހުންގެ ކައިވެނީގެ ހެދުން ފަރުމާ ކުރާނީ ޑިޒައިނަރު ޖޯޑު އަބޫ ޖާނީ އަދި ސަންދީޕް ކޯސްލާ އާއި އިނގެރޭސި ދެ ޑިޒައިނަރުން ކަމަށްވާ ޓަމަރާ ރަލްޕް އަދި މައިކަލް ރޫސޯ އެވެ.