ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ލިބުނު ފިލްމުތަކުގެ ޑައިރެކްޓަރު ކަބީރު ހާން އޭނާގެ އާއިލާ އާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ދެ އެވެ.

މި މަހުގެ 23 ވަނަ ދުވަހު ކަބީރު އާއި އޭނާގެ އާއިލާ އާ އެކު ޗުއްޓީ ހޭދަކުރަމުން އަންނަނީ ރާއްޖޭގެ ހިތްގައިމު ރިސޯޓެއް ކަމަށްވާ ހައިޑްއަވޭ މޯލްޑިވްސް ރިސޯޓް ގަ އެވެ.

ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ފެންނަ ގޮތަށް ކަބީރު ވަނީ އޭނާގެ އިންސްޓަގްރާމް އޮފިޝަލް އެކައުންޓްގައި ފޮޓޯތައް ހިއްސާކޮށްފަ އެވެ.

ކަބީރު މިހާރު ކުރަމުން އަންނަ މަސައްކަތަކީ ރަންވީރު ސިންހް ލީޑް ރޯލުން ފެނިގެންދާ ފިލްމު "83" އެވެ.

ކަބީރު ވަނީ "ބަޖްރަންގީ ބައިޖާން" ، "އޭކް ދަ ޓައިގާ" އަދި "ސުލްތާން" ފަދަ ކާމިޔާބު ފިލްމުތައް ބެލުންތެރިންނަށް ގެނެސްދީފަ އެވެ.