27 Aug 2011, 09:16
ކޮފީ ބޯން ނިދަން ޖެހޭ
އިލެކްޓްރޯނިކް ސާމާނު ވިއްކާ ފިހާރައަކުން މީހަކު ކޮފީ ގިރާ މެޝިނެއް ގަތެވެ. އޭގެ ހަފުތާއެއް ފަހެވެ. ކޮފީ މެޝިން ހިފައިގެން އެ ގަތް ފިހާރައަށް ގޮސް އެމީހާ ޝަކުވާ ކުރި އެވެ.
"މިއީ އަހަންނަށް ގެންގުޅެވޭ ވަރުގެ އެއްޗެއް ނޫން" އެމީހާ ބުންޏެވެ.
"މައްސަލައަކީ ކޮބައި؟" ސޭޓު އެހީ އެވެ. "ރަނގަޅަށް ކޮފީ ނުގިރެނީތަ؟"
"ނޫނޭ" އެމީހާ ބުންޏެވެ "ފޮތުގައި ބުނެފައި އޮތް ގޮތަށް ބަރާބަށް ކޮފީ ގިރޭ!"
"ދެން؟"
"ދެނޭ!"
ސޭޓަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އެމީހާ ފެށި އެވެ.
"އަހާބަލަ ފޮތުގައި އޮތީ ކީކޭތޯ؟"
ފޮތުގައި އޮތް ގޮތް ބުނެދޭށޭ ބުނާ ކަހަލަ ގޮތަކަށް ސޭޓް ބޯ ޖަހައިލި އެވެ.
"... މެޝިނަށް ކަރަންޓް ދީ..." އެމީހާ ކިޔައިދޭން ފެށި އެވެ.
"ޓައިމަރު ސެޓްކުރޭ... ދެން ގޮސް ނިދާލާ... ހެނދުނު ހޭލާއިރު ހުންނާނީ ކަރުކަނޑައިލިޔަސް ނޭނގޭހާ މީރު ކޮފީއެއް ތައްޔާރުވެފައި،"
"ތިޔަ ބުނި އެއްޗެއްގައި ގޯހެއް އެބައޮތްތަ؟" ސޭޓް އެހި އެވެ.
"ނެތް" އެމީހާ ބުންޏެވެ. "އެކަމަކު ކޮފީން ބޯން ބޭނުން ކޮންމެ ފަހަރަކު އެނދަށް އެރިޔަސް ނިދޭނެ ގޮތެއް މަށަށް ބުނެދީބަލަ؟