24 Mar 2018, 21:12
ސެމްސަންގުގެ އެންމެ ފަހުގެ ފޯނު ސެމްސަންގު އެސް9 އާއި އެސް9 ޕްލަސް އުރީދޫ އިން ތައާރަފްކޮށްފިއެވެ.
މިރޭ ބްރިޖް ވިއުއިން ޕްލެޓްފޯމުގައި ބޭއްވި ރަސްމިއްޔާތެއްގައި ފޯނު ތައާރަފްކޮށްދެއްވީ ސެމްސަންގް ސްރީލަންކާގެ މެނޭޖިން ޑިރެކްޓަރު މިސްޓާ ޕާކް ގެ އިތުރުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާންއެވެ.
އުރީދޫގެ ޕޯސްޓްޕެއިންޑް ޕްލޭންގެ ދަށުން އެސް9 ސިރީޒްގެ ފޯނު އިންސްޓޯލްމެންޓަށް ދޫކުރަން ނިންމާފައިވާއިރު ފޯނު ދޫކުރާނީ 1999 ރުފިޔާގެ އަޕްފްރަންޓް ޕޭމެންޓެއް ދެއްކުމުންނެވެ.
އެއް އަހަރު ދުވަހުން ފައިސާ ދައްކާ ނިންމާގޮތަށް އުރީދޫ އިން އެސް9 ސީރީޒްގެ ފޯނު ދޫކުރާއިރު އެއް އަހަރު ވަންދެން ކޮންމެ މަހަކު ތިން ޖީބީ ހިލޭ ޑޭޓާ ލިބޭނެއެވެ.
އުރީދޫގެ ޕްރޮޑަކްޓް މެނޭޖަރު އައިމިނަތު އަމާނީ ވިދާޅުވީ އުރީދޫ އިން އިންސްޓޯލްމެއްޓަށް ދޫކުރާ އެސް9 ސީރީޒް ފޯނު ނެގުމުގެ ފުރުސަތު ކޮންމެ ފަރާތަކަށްވެސް އޮންނާނެ ކަމަށެވެ. ކުރިއަށް އޮތް ހަފްތާއެއް ތެރޭ ފޯނުތައް ލިބޭނެ ކަމަށް އުރީދޫ އިން ބުނެއެވެ. ފޯނަށް ޕްރީ އޯޑާކުރުން މާދަމާ ހަމަވާނެކަމަށް އުރީދޫ އިން ބުނެއެވެ.
"އުރީދޫ އިން މި ފޯނު މިދެނީ ވަރަށް އަގުހެޔޮކޮށް. ފުރިހަމަ ކެމެރާ އެއް ހިމެނޭ ފޯނާއެކު ހިލޭ ޑޭޓާ ލިބޭއިރު މިއީ ވަރަށް ފުރިހަމަ އޮފާއެއް،" އަމާނީ ވިދާޅުވިއެވެ.
އެސް9 ސީރީޒްގެ ފޯނު ލޯންޗުކުރުމަށް ފަހު އުރީދޫ އިން ވަނީ އާތް އަވާ ފާހަގަ ކުރުމަށް ހާއްސަ ހަރަކާތެއްވެސް އެ ސަރަހައްދުގައި ކުރިއަށް ގެންގޮސްފައެވެ.