ބޭނުންވާތަކެތި

250 ގ. ފުށް
200 ގ. ހަކުރު
200 ގ. ބަޓަރ
5 ބިސް
3 ވައްދޮންކެޔޮ

ތައްޔާރުކުރާނެގޮތް

ފުށާއި ބޭކިންގ ޕައުޑަރ އެއްކޮށް ފުރާނާލާފައި ބަހައްޓާށެވެ. ދެން ހަކުރާއި ބަޓަރ އެއްކޮށް ރަނގަޅަށް ގިރާލާފައި އޮމާންވަންދެން ގިރުނީމާ ފަހަރަކުފުށްކޮޅަކާއި ބިހެއް އަޅަމުން އެއްކުރަމުން ދާށެވެ. ރަނގަޅަށް ގިރުނީމާ ދޮންކެޔޮ ވައްތައް ފަޅާލާފައި ކަރުނަގާފައި ކުދިކުދިކޮށް ކޮށާލާފައި ފުށްގަނޑާއި އެއްކޮށް ލާށެވެ. ޓްރޭގައި ބަޓަރު ހާކާފައި ފުށްގަނޑު ޓްރޭއަށް އަޅާލުމަށްފަހު އަވަނުން ފިހެލާށެވެ.