24 Mar 2018, 12:35
އިންޑިއާ ކަނޑު ސަރަހައްދުގެ އެންމެ ވަރުގަދަ ޓެލެސްކޯޕު އަނަންތާރާ ކިހަވައް ރިސޯޓުގައި ބަހައްޓައިފިއެވެ.
މިއާއެކު އެ ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖޭގެ މޫދާއި ގޮނޑުދޮށްތަކުގެ އިތުރުން އުޑުމައްޗާއި ތަރިތަކުގެ ރީތިކަން ބަލާލެވޭނެއެވެ.
އަނަންތާރާ ކިހަވައްގައި ބަހައްޓަފައިވާ ޓެލެސްކޯޕުން މަޑިކިލަނބުގައި ވާ އޮމެގާ ސެންޗަރީ އަދި މެސިއާ 13 ފަދަ އެތައް ލައްކައެއްގެ ތަރި ހިމެނޭ ގްލޮބިއުލާ ކްލަސްޓަރ ނުވަތަ ތަރި ބައިގަނޑުތައް ބަލައިލެވޭނެއެވެ.
މިތަނުގައި އެސްޓްރޮނޮމާއެއްގެ ގޮތުގައި ހަރަކާތްތެރިވަނީ އަލީ ޝަމީމެވެ. ޝަމީމްއަކީ މި ދާއިރާގައި ތަޖުރިބާކާރު ބޭފުޅެކެވެ.
މި ޓެލެސްކޯޕު ބަހައްޓަފައިވަނީ ރޫފް ޓޮޕް ބާއެއްގައި ހުންނަ ޕްރައިވެޓް އޮބްޒަވޭޓަރީ އެއްގައެވެ.