27 Aug 2011, 08:41
ބޭނުންވާތަކެތި
6 ޖޯޑު ފަޅޯ )ރިއްސެޔޮލީ ފަޅޯ ފެނުކައްކާ ޗަސްކޮށްފައި(
4 ޖޯޑު ދިވެހިހަކުރު
2 /1 ޖޯޑު ދޯބްރާލު ހަކުރު
1 ޖޯޑު މާފެން
ތައްޔާރުކުރާނެގޮތް
ތާހަށް ހަކުރު އަޅާލާފައި އުނދުން މައްޗަށް އުދާލާށެވެ. ހަކުރު ދިޔާވީމާ ފަޅޯކޮޅު އަޅާލާފައި މަޑުގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ދާށެވެ. ހަރުވާންފެށުމުން މާފެން އެއްކޮށްލާށެވެ. ކާރިފަށްހިކި ދޭފަތުން ހަލަމުންދާއިރު ތާހުގެ އަޑި ފެންނަވަރުވީމާ އުނދުންމަތިން ބާލާފައި އަތުގައި ބަޓަރުކޮޅެއް ހާކާލާފައި ދިގުކޮށް އާދައިގެ ސޮސެޖެއްގެ ސައިޒަށް ވަށާލާށެވެ. ޓްރޭއެއްގައި އަތުރާލާފައި ހިކެން ދެން ބަހައްޓާށެވެ. ނުވަތަ ހިކިކެޔޮފަތްކޮޅެއްގައި ވަށާލާށެވެ.