25 Mar 2018, 08:36
އެޕަލްއަށް ހިތް ދެވިފައިވާ މީހުންގެ ތެރެއިން އެކުންފުނީގެ އުފެއްދުންތަކަށް ބޭނުންވި ނަމަވެސް އަގުބޮޑުކަމުން އެޕަލްގެ އުފެއްދުންތައް ނުގަނެވި ތިބޭ މީހުންނަށް އެޕަލް އިން މިހާރު އަންނަނީ އުފާވެރި ހަބަރުތަކެއް ދެމުންނެވެ.
ެ ނަމުގައި އަގުހެޔޮ އައިފޯނެއް އެޕަލް އިން ތައާރަފްކުރި އިރު މިހާރު ކުރަމުން އަންނަނީ ބާޒާރަށް ނެރުމުގެ މަސައްކަތެވެ.
އަންނަ ހަފްތާގެ ތެރޭގައި މި އުފެއްދުން ދައްކާލައި، ބާޒާރަށް ނެރޭނެކަމަށް ރިޕޯޓުތައް ބުނެއެވެ. ކިޔަވާކުދިންނަށާއި ޓީޗަރުންނަށް ހާއްސަ އިވެންޓެއް އަންގާރަ ދުވަހު ބާއްވާނެކަން އެޕަލް އިން އިއުލާނުކޮށްފައިވާއިރު، ކިޔަވާކުދިންނަށާއި ޓީޗަރުންނަށް ހާއްސަ ސޮފްޓްވެއާ އަކާއެކު އެ އިވެންޓުގެ ތެރެއިން އަގުހެޔޮ އައިޕެޑު ތައާރަފު ކުރާނެ ކަމަށް ބެލެވެއެވެ.
ހަބަރުތައް ބުނާގޮތުން އަގުހެޔޮ އައިޕެޓުގެ އަގު އުޅޭނީ ގާތްގަނޑަކަށް ދުއިސައްތަ ޑޮލަރުގައެވެ. ގޫގުލް އާއި މައިކްރޯސޮފްޓާ ވާދައަށް އެޑިއުކޭޝަން ދާއިރާއަށް އެޕަލް އިން ވަނުމަށް ތައްޔާރުވަމުންދާއިރު، ކުރިއަށް އޮތްތަނުގައި މި ދާއިރާ އިތުރަށް ފުޅާވެ ކުރިއަރައިގެންދާނެއެވެ.
އާ އައިޕެޑުގެ ވާހަކައަށް ބަލާއިރު އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން މި އައިޕެޑުގައި ފަންސޫރު ބޭނުންކޮށްގެން ފޮތުގައި ލިޔާހެން ލިޔެ، ކުރަހާ ހެދޭނެއެވެ. އައިޕެޑު ނެރޭނީ އެއަށް ހާއްސަ ފަންސޫރަކާ އެކު ކަމަށްވެސް އަޑު ފެތުރިފައިވެއެވެ.
އަގުހެޔޮ އައިޕެޑެއްގެ އިތުރުން ް އެއްވެސް އެޕަލް އިން ނެރޭނެކަމަށް ވަނީ ބުނެފައެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި މި އުދެއްދުން ބާޒާރަށް ނެރޭނެ ކަމަށް މީގެ ކުރިން ބުނެފައިވީނަމަވެސް، މިއަހަރު އާ މެކްބުކް ބާޒާރަށް ނެރޭނެކަމަށް ނުބެލެވޭކަމަށް ފަހުގެ ރިޕޯޓުތައް ބުނެއެވެ.