ބޭރުގެ މަގުބޫލު ފްރެންޗައިޒް ރެސްޓޯރެންޓުތައް މާލޭގައި ހުޅުވުމަށް ތައްޔާރުވަމުން އެބަދެއެވެ.

އެގޮތުން މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލްގައި މީގެ ކުރިން އޯޝަން ބްރީޒް ރެސްޓޯރެންޓު ހިންގި ތަނުގައި ބާގާ ކިންގް އަދި ކޮފީ ކްލަބްގެ އައުޓްލެޓް ހުޅުވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އަމީނީމަގުގައި ހުންނަ މާލޭ ގްރޭންޑް ގައިޕިއްޒާ ހަޓްގެ އައުޓްލެޓެއް ހުޅުވުމަށް މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު ރަސްފަންނު ޕެވީލިއަންގައިގްލޯރިއާ ޖީންސްގެ އިތުރުން ދުބާއީގެ ފާސްޓްފުޑް ފްރެންޗައިޒްޗިކިންގެއައުޓްލެޓެއްވެސް ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ހުޅުލޭގައި ތަރައްގީކޮށްފައިވާ ވޯޓާ ފްރަންޓް ރެސްޓޯރެންޓުގައިވެސް ފްރެންޗައިޒް ރެސްޓޯރެންޓުތައް ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ.

އެގޮތުން ކޭއެފްސީ، ޕިއްޒާ ހަޓް، ކޮސްޓާ ކޮފީ އަދި ހާވެސްޓް މާކެޓްގެ އައުޓްލެޓުތައް އެތަނުގައި ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ. އަދިވެސް އިތުރު ބްރޭންޑުތައް އެތަނަށް ގެނައުމަށް މަޝްވަރާ ކުރަމުންދާއިރު، ރާއްޖޭގައި މިހާރުވެސް ފްރެންޗައިޒް ފުޑް އައުޓްލެޓުތައް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި މެރީ ބްރައުން، މޫވެންޕިކް އަދި ސީކްރެޓް ރެސިޕީ އަދި ދަ ޕިއްޒާ ކޮމްޕެނީގެ އިތުރުން ބާސެލޮސް ހިމެނެއެވެ.