24 Mar 2018, 10:08
ލަވަކިޔުންތެރިޔާ ސިލީން ޑިއޯންގެ ސިއްހީ މައްސަލައަކާ ގުޅިގެން ލަސް ވޭގަސްގައި ދިނުމަށް ހަމަޖެހިފައިވާ ތިން ހަފްތާގެ ޓުއާ ކެންސަލްކޮށްފި އެވެ.
މާޗް 27 އިން އޭޕްރީލް 18ގެ ނިޔަލަށް ތާވަލުކޮށްފައިވާ މި ޓުއާގެ ޝޯތައް ކެންސަލް ކުރިކަން އިއުލާނުކޮށް، ފޭސްބުކް ޕޯސްޓެއްގައި ސިލީން ބުނެފައި ވަނީ ކަންފަތުގެ މައްސަލައަކަށް ފަރުވާ ހޯދަމުންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި އަދި ވެސް އެކަމަށް ހައްލެއް ނުލިބޭތީ ކުޑަ އޮޕަރޭޝަނެއް ކުރުމަށް ޓުއާ ކެންސަލް ކުރީ ކަމަށެވެ.
ކަންފަތުގެ އަޑުއިވުމަށް ދަތިތައް ކުރިމަތިވާތީ ލަވަކިޔަން އުނދަގޫ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ސިލީން ވަނީ ކަންފަތުގެ މައްސަލައިގެ ސަބަބުން މި އަހަރު އިތުރު ޝޯތަކެއްވެސް ކެންސަލް ކޮށްފަ އެވެ. ޝޯތައް ކެންސަލް ކުރަންޖެހުމުން އޭނާ ވަނީ ފޭނުންގެ ކިބައިން މާފަށް ވެސް އެދިފަ އެވެ.