23 Mar 2018, 10:31
ހުނަރުވެރި އެކްޓަރު އާޔޫޝްމަން ޚުރާނާ އާއި "ދަންގަލް"އިން މަޝްހޫރުކަން ހޯދި ބަތަލާ ސާންޔާ މަލޯތުރާ އެކުގައި ފެނިގެންދާ ފިލްމު 'ބަދާއީ ހޯ'ގެ ޝޫޓިން ނިންމާލައިފި އެވެ.
ޖަންގްލީ ޕިކްޗާޒްއިން ޕްރޮޑިއުސްކުރާ އެ ފިލްމުގެ ޝޫޓިން ނިމުނުކަން އާޔޫޝްމަން ވަނީ ޓުވިޓާ މެދުވެރިކޮށް ހާމަކޮށްފައެވެ.
ފިލްމުގެ ޝޫޓިން ނިންމާލުމަށް ފަހު ފިލްމުގެ ކާސްޓާއި ކްރޫ އެއްކޮށް ވަނީ އެކަން ފާހަގަކުރުމަށް ކުލަގަދަ ރަސްމިއްޔާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
ފިލްމުގެ ޝޫޓިން މުޅިން ނިންމާލައިފައި މިވަނީ ދެ މަސް ދުވަހުގެ ތެރޭގައެވެ.
"ބަދާއީ ހޯ" ޑައިރެކްޓުކުރާނީ ފިލްމު "ތޭވަރު"ގެ ވެސް ޑައިރެކްޓަރު އަމިތު ޝަރްމާއެވެ. ފިލްމުގައި ފެނިގެން ދާނީ އާއިލާއަކަށް ލިބޭ ކުއްލި ޚަބަރެއްގެ ސަބަބުން އާއިލާގެ މެމްބަރުންގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތެވެ.
މިއީ އާޔޫޝްމަންއާއި ސާންޔާ އެކުގައި ފެނިގެންދާ ފުރަތަމަ ފަހަރެވެ.