22 Mar 2018, 18:31
"ކޮކާ ކޯލާ ފީފާ ވޯލްޑް ކަޕް ފިއެސްޓާ 2018" ގެ ޕްރޮމޯޝަންގައި ބަވެރިވެގެން، ނަސީބުވެރި 14 ފަރާތަކަށް ވޯލްޑް ކަޕް މެޗެއް ބަލައިލަން ރަޝިއާ އަށްދިއުމުގެ ފުރުސަތު ކޮކާ ކޯލާއިން ހުޅުވާލައިފިއެވެ.
މިއަދު ސޯލްޓް ކެފޭގައި ކޮކާ ކޯލާ ފީފާ ވޯލްޑްކަޕް ފިއެސްޓާ 2018 ގެ ޕްރޮމޯޝަން ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމްއެވެ.
އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް، މިހާރު މާކެޓުން ލިބެން ހުންނަ ރަން ކުލައިގެ މަތިގަނޑު ޖެހި ކޮކާ ކޯލާ ފުޅީގެ މަތިގަނޑު ދަށުގައި އިންނަ ނަންބަރު "2626" އަށް މެސެޖު ކުރުމުން އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ކޮކާ ކޯލާއިން ބުންޏެވެ.
ކޮކާކޯލާއިން ބުނީ، 45 ދުވަހަށް ކުރިއަށްދާ އެ ޕްރޮމޯޝަންގެ ދަށުން ކޮންމެ ދުވަހަކު ލަކީ ޑްރޯއަކާއި ހަފްތާގެ ކޮންމެ ހޮނިހިރު ދުވަހަކު ގްރޭންޑް ވިނާ ހޮވާ ލަކީޑްރޯއެއް ކުރިއަށްދާނެ ކަމަށެވެ.
ކޮންމެ ދުވަހަކު ހޮވާ ލަކީޑްރޯއިން ހޮވޭ ނަސީބުވެރިޔަކަށް ފީފާ ވާލްޑް ކަޕްގެ އަސްލު ފުޓް ބޯޅަ ލިބޭނެއެވެ. އެ ލަކީޑްރޯ ހޮވުން ކޮންމެ ރެޔެއްގެވެސް 7:45 ގައި ޓީވީއެމްއިން ލައިވްކޮށް ގެނެސްދޭނެއެވެ.
ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރު ދުވަހު ނަގާ ގްރޭންޑް ލަކީޑްރޯގެ ނަސީބުވެރިޔަކަށް ވޯލްޑް ކަޕްގެ ގަދަ 16ގައި ކުޅޭ މެޗެއް ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ. އެއީ މުބާރާތުގެ 56 ވަނަ މެޗެވެ.
ގްރޭންޑް ވިނާގެ ގޮތުތުގައި ހަ ފަރާތެއް ހޮވާއިރުގައި އެއިން ކޮންމެ ފަރާތަކާއެކު އިތުރު އެއް މީހަކަށް ރަޝިއާއަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް ކޮކާކޯލާއިން ބުންޏެވެ. އޭގެ އިތުރުން ނަސީބުވެރިޔާއާއި ނަސީބުވެރިޔާއާއެކުގައި ދާ މީހާއަށްވެސް ހުރިހާ ހަރަދެއްވެސް ދޭނީ އެ ކުންފުނިން ކަމަށްވެސް ކޮކާކޯލާއިން ބުންޏެވެ.
މަތިގަނޑު ކަނޑައިގެން ރަޝިއާއަށް ދިއުމުގެ ފުރުސަތު ލިބުމުގެ އިތުރުން އެމްޓީސީސީ ފެރީގެ ހިދުމަތް ބޭނުންކޮށް ކޫޕަން ފުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ އެއް ފަރާތަކަށް، އިތުރު އެއް މީހަކާއެކު ރަޝިއާއަށް ދިއުމުގެ ހިލޭ ދަތުރެއް ލިބޭނެކަމަށް ކޮކާކޯލާއިން ބުންޏެވެ.
"ކޮކާ-ކޯލާ ވޯލްޑް ކަޕް ފިއެސްޓާ ޕްރޮމޯޝަން" ގައި 300 އެމްއެލް އާއި 500 އެމްއެލް އަދި 1.25 ލީޓަރުގެ ފުޅި ގަނެގެންވެސް ބައިވެރިވެވޭނެ އެވެ.