22 Mar 2018, 15:55
ދިރާގުގެ އައު ޕޯސްޓްޕެއިޑް ހިދުމަތް ބޭނުން ކުރާ ފަރާތްތަކަށް އަންނަ މަހުގެ ނިޔަލަށް ބޯނަސް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ދިރާގުން ބުނީ، ދިރާގުގެ އައު ޕޯސްޓް ބޭނުން ކުރާ ކަސްޓަމަރުންނާއި އަލަށް އެ ޕޯސްތްޕެއިޑް ނަގާ ކަސްޓަމަރުންނަށް މީސް މީޑިއާ ބޭނުން ކުރުމަށް ފަސް ޖީބީ ހިލޭ ޑޭޓާ ލިބޭނެ ކަމަށެވެ.
ދިރާގުން މީގެ ކުރިން ޕޯސްތްޕެއިޑް ކަސްޓަމަރުންނަށް ބޯނަސް ޑޭޓާގެ ގޮތުގައި ދެމުންގެންދިޔައީ ތިން ޖީބީގެ ޑޭޓާއެވެ.
ދިރާގުން ބުނީ، އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތައް ފަސޭހަކޮށްދީ ހެޔޮ އަގުގައި ކަސްޓަމަރުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށްކަމަށެވެ.