22 Mar 2018, 13:18
ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރު ކޮށްފި އެވެ.
މީގެ ކުރިން ޖުޑިޝަލް ސާވިސް ކޮމިޝަނުން އިއުލާނުކޮށްފައި ވަނީ މިމަހުގެ 21ގެ ނިލަޔަލަށް ޝައުގުވެރިވާ ފަރާތަތްކުން ފޯމު ހުށަހެޅުއްވުމަށެވެ.
މިއަދު އެ ކޮމިޝަނުން ކުރި އިއުލާނުގައި ބުނެފައި ވަނީ އެ މުއްދަތު ފެށޭ މަހުގެ 10 އެއްގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
ޖެއެސްސީ އިން އިއުލާނުކޮށްފައި ވަނީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުން ކުރެ ކޮންމެ ކޯޓަކަށް ދެ ފަނޑިޔާރުން ހޯދުމަށެވެ.
ފަނޑިޔާރުކަމުގެ ޝަރުތަކީ ގާނޫނީ ޝަރީއާ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވީ ހަތް ފަނޑިޔާރުންނެވެ. އަދި ސިވިލް ކޯޓުގައި މިހާރު ތިއްބެވީ ޖުމްލަ 12 ފަނޑިޔާރުންނެވެ.