22 Mar 2018, 13:01
ތިނެއް ނޮވެމްބަރުގައި ފާހަގަ ކުރާ ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ހުރިހާ ކަމެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އާ ރައީސުލްޖުމޫހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހަވާލު ކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަސްރުގެ ދުވަހަކީ ދިވެހި ސިފައިން ކުރެއްވި މަތިވެރި ޖިހާދާއި ގައުމަށްޓަކައިވި ގުރުބާނީއާ ވަރަށް ބޮޑަށް ގުޅިފައިވާ ދުވަހަކަށްވާތީ މި އަހަރުން ފެށިގެން ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ އެންމެހައި ކަންކަން އެމްއެންޑީއެފުން ކުރައްވާ ގޮތަށް ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.
"#3November- Nasruge dhuvahaky dhivehi sifain kurevvi mathiveri jihaadhaai vevadaigennevi qurubaanee aa varah bodah gulhifaivaa dhuvahakah vaathy, mi aharun feshigen midhuvas faahaga kurumuge emmehai kameh#MNDFin kuravvaa gothah Raeesuljumhooriyyaa hamajassavaifi." -im
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV)March 22, 2018
ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ސްރީލަންކާގެ ކުލީ ސިފައިންގެ ބަޔަކު ގޮވައިގެން ދިވެހީންގެ ޚާއިނުންގެ ބަޔަކު މާލެއަށް ހަމަލާދިން ދުވަހެވެ.
ދިވެހީން ސިއްސުވާލި އެ އުދުވާނީ ހަމަލާގައި މަރުވި 19 މީހުންގެ ތެރޭގައި ހިމެނެނީ ދީނާއި ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރަނިކޮށް ޝަހީދުވި އަށް ސިފައިންނާއި ބާޣީންގެ ބަޑީގެ ހަމަލާތަކުގައި ޝަހީދުވި އާންމުންގެ 11 މީހުންނެވެ.