22 Mar 2018, 09:32
ދިވެހިންގެ މެދުގައި ވެސް މަގްބޫލު ސީރީޒް "ސްކޭންޑަލްސް"ގެ ފަހު އެޕިސޯޑްގެ ޝޫޓިން ނިންމާލައިފި އެވެ.
އެ ސީރީޒްގެ ހަތް ވަނަ ސީޒަން މިހާރު ދައްކަމުން އަންނަ އިރު އެ ސީރީޒް އަކީ ހުރިހާ ރަހަތަކެއް އެކުލެވިގެންވާ ސީރީޒްއެކެވެ.
ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުގައި ސީރީޒްގެ ފަހު އެޕިސޯޑް ޝޫޓްކޮށް ނިންމާލުމަށް ފަހު "ސްކޭންޑަލް"ގެ ކާސްޓުން ވަނީ ޕާޓީއެއް ވެސް ބާއްވައިފަ އެވެ.
"ހުރިހާ ތަރިންތަކެއް ވެސް ވަރަށް ހިތްހަމަޖެހިފައި ތިބީ. ވަރަށް ބައިވަރު ކަރުނަ. ވަރަށް ބައިވަރު ލޯބި. އަބަދު ވެސް ހަނދާން ވާނެ. ޖެހި ސަކަރާތް ވެސް. ވަރަށް އުފާވޭ މި ޓީމާ އެކީ މަސައްކަތް ކޮށްލެވުނީމަ،" ޕްރޮޑިއުސާ ޝޮންޑާ ރައިމްސް ބުންޏެވެ.
ސްކޭންޑަލްގެ ފަހު އެޕިސޯޑް ދެއްކުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު އެވެ.
އޭގެ ފުރަތަމަ އެޕިސޯޑް ދައްލާފައި ވަނީ 2012 ވަނަ އަހަރު އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހު އެވެ.