22 Mar 2018, 10:53
ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގްގެ ކާމީޔާބު ފްރެންޗައިޒް ފިލްމު "އިންޑިއާނާ ޖޯންސް 5" 2020 ވަނަ އަހަރު ރިލީޒްކުރުމަށް ނިންމައިފި އެވެ.
ބޭރުގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި އޮސްކާ ހޯދާފައިވާ ހުނަރުވެރި ޑައިރެކްޓަރު ބުނީ ފިލްމުގެ ޝޫޓިންތައް ކުރިއަށްދާނީ އަންނަ އަހަރު ލަންޑަންގައި ކަމަށެވެ.
ޑޭވިޑް ކޮއެޕްގެ ސްކްރީން ޕްލޭ އަކަށް ތައްޔާރު ކުރާ އެ ފްރެންޗައިޒް އަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ފްރެންޗައިޒް އެކެވެ.
އޭނާ ބުނީ ހެރިސަން ފޯޑް ވެސް މި ފަހަރުގެ ފިލްމުގައި ހަރަކާތްތެރިވާނެ ކަމަށެވެ. ނަމަވެސް ފިލްމުގައި ހަރަކާތްތެރިވާ އިތުރު ތަރިންގެ ނަންތަކެއް ބުނެފައެއް ނުވެ އެވެ.
"އިންޑިއާނާ ޖޯންސް 5" ނުކުންނާނީ 2020 ވަނަ އަހަރު ޖުލައި މަހުގެ 10 ވަނަ ދުވަހު އެވެ.
މައުލޫމާތު: ވެރައިޓީ