21 Mar 2018, 09:25
މަޝްހޫރު ބަތަލާ އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު އެކުގައި ފެންނަ އެންމެ ފުރަތަމަ ފިލްމު "ބްރަހަމަޝްތުރާ"ގެ ޝޫޓިންގެ ތެރެއިން އާލިއާ އަށް އަނިޔާވެއްޖެ އެވެ.
ޝޫޓިން ކުރިއަށް ދަނިކޮށް އޭނާ ވެއްޓި ގެ ކޮނޑަށް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި ދެ ހަފްތާ ވަންދެން ބެޑް ރެސްޓް ދީފައިވާ ކަމަށް ވެސް ފިލްމުގެ ޓީމުން ޑަކްޓަރާ ހަވާލާދީ ވަނީ ބުނެފަ އެވެ.
އެއާ އެކު ފިލްމުގެ ޝޫޓިން މިހާރު ވަނީ މެދުކެނޑިފަ އެވެ. އަޔާން މުކަރްޖީ ޑައިރެކްޓްކުރާ އެ ފިލްމުގެ ގިނަ މަންޒަރުތައް ބަލްގޭރިއާގައި ނެގުމަށް ހަމަޖެހިފައިވާ އިރު އެ ފިލްމަކީ ތިން ފިލްމުގެ ސީރީޒްއެއްގެ ގޮތުގައި އުފައްދާ ފިލްމެކެވެ.
ބްރަހްމަޝްތުރާ ކަރަން ޖޯހަރުގެ ޕްރޮޑަކްޝަން ކުންފުނި ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ އެންމެ އަގުބޮޑު ފިލްމު ވެސްމެ އެވެ.
މައުލޫމާތު: ދަ ނިއުސް