25 Aug 2011, 13:56
އިންޓަމިލާނުން ފޯލާން ހޯދަން ހުށަހެޅުމުން އެތްލެޓިކޯ މެޑްރިޑް ޔޫރަޕާ ލީގު ދެވަނަ ލެގުގައި ވިކްޓޯރިއާ ގިމަރޭސް އާ ބައްދަލުކުރާ މެޗުގެ ސްކޮޑުން ފޯލާން ބާކީކޮށްފިއެވެ. އެތްލެޓިކޯ މެޑްރިޑް ސްކޮޑުން ފޯލާން ވަކިކޮށްފައިމިވަނީ އޭނާ ހުރީ އުފަލުގައި ކަމަށްބުނެ ކުލަބާއިއެކު މިސީޒަނުގައި މަޑުކުރާނެކަމަށް މިދިޔަ ހޯމަ ދުވަހު ބުނެފައިވަނިކޮށެވެ. ވިޔަރެއާލްއިން 2007 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑަށް ބަދަލުވި އުރުގުއޭ ތަރި ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.
އިންޓަމިލާނުން މިސީޒަނަށް ހޯދުމަށް މަސައްކަތްކުރަމުންދާ 32 އަހަރުގެ ފޯލާނަށް އަގެއް ހުށަހަޅާފައިވާކަމަށް ދާދިފަހުން ރިޕޯޓްތައް އާންމުވެފައިވީ ނަމަވެސް އޭނާގެ އެޖެންޓް ވަނީ އެރިޕޯޓްތައް ދޮގުކޮށްފައެވެ.
ދެހާސް ދިހަވަނަ އަހަރުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމާއި ގޯލްޑަން ބޫޓު ހޯދި އުރުގުއޭ ތަރި ފޯލާނާއި އެތުލެޓިކޯ މެޑްރިޑާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތްއިރު އޭނާ ބުނެފައިވަނީ ކުލަބަށް އިޚްތިރާމުކޮށް ޓީމުގައި އަދި މަޑުކުރަން ބޭނުންކަމަށެވެ.
"ކުލަބުގައި މިހިރީ އުފަލާއެކު. މިއަދު އަހަރެންނާއި ކުލަބާއި ދެމެދު ކޮންޓްރެކްޓެއް އެބައޮތް. ބާކީ ދެއަހަރު ކޮންޓްރެކްޓުގައި އެބައޮތް. ކުލަބަށް އަހަރެން އިޚްތިރާމްކުރަން." ފޯލާން ބުންޏެވެ.
އިންޓަމިލާނުން އެއްވެސް ހުށަހެޅުމެއް ލިބިފައިވޭތޯ އެހުމުން ފޯލާން ވަނީ އެއްވެސް ވަރުގަދަ ހުށަހެޅުމެއް ލިބިފައިނުވާކަމަށް ބުނެފައެވެ. "އިންޓަމިލާނުން އެއްވެސް ވަރުގަދަ ހުށަހެޅުމެއް ނުލިބޭ. އިންޓަމިލާނަކީ ޔޫރަޕްގެ އަދި ދުނިޔޭގެ ބޮޑު ކުލަބެއް. ދެއަހަރުގެ ކޮންޓްރެކްޓެއް ކުލަބާ އެއްކޮށް އެބައޮތް. އެހެންކަމުން އެކަހަލަ ކަމަކާއި ވިސްނާނެ ޚިޔާލެއް ނެތް." ފޯލާން ބުންޏެވެ.
އެތުލެޓީކޯ މެޑްރިޑް ދޫކޮށް މިސީޒަނުގައި އެކުލަބުގެ އާޖެންޓީނާ ފޯވާޑް މެންސިޓީއަށް ސޮއިކޮށްފައިވާއިރު، އެމަގާމު ފޫބެއްދުމަށް ޕޯޓޯގެ ކޮލަމްބިއާ ފޯވާޑް ފަލްކާއޯ އެތްލެޓީކޯ މެޑްރިޑަށް ވަނީ ގެނެސްފައެވެ.