ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ޕާޓްނާޝިޕް އުސޫލުން މަސައްކަތްކުރުމަށް ޖެންޑާ މިނިސްޓްރީ އާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން އާއި ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމްއާ އެކު މިއަދު ސޮއިކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ޑެޕިއުޓީ ޖެންޑާ މިނިސްޓަރު ލީޝާ ސޮއިކުރެއްވި އިރު އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމއިްޔާގެ ޑިރެކްޓަރު އިފްހާމް ހުސެއިން އެވެ. އަދި ބިއުޓިފުލް އައިޒްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ޗެއާ ޕާސަން އައިޝަތު ޝިފާ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް އަމާޒުކޮށް މާލެއާއި އަތޮޅުތަކުގެ ތެރޭގައި ތަފާތު ހަރާކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ބުނީ ނުކުޅެދުންތެރިކަމާ ބެހޭ ގޮތުން މުޖުތަމައުގައި ހޭލުންތެރިކަން އިތުރުކުރުމާއި އަދި އެ ދާއިރާ އިން މީހުން ބިނާކުރުމަށް ތަމްރީން ޕްރޮގްރާމްތައް ވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.