އަމީނީމަގު ސްޓޭޑިއަމް ކައިރީ ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މިއަދު 11:45 އެހާކަންހާއިރު ހިނގި އެކްސިޑެންޓާ ބެހޭ ގޮތުން އައިޖީއެމްއެޗުން ބުނީ އެކްސިޑެންޓްގައި އަނިޔާވި މީހަކަށް އިމަޖެންސީ ރޫމުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމެއް ނުވަތަ ނޫން ކަމެއް ސާފުކޮށެއް ނުދެ އެވެ. ސަންގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރު އެ އެކްސިޑެންޓްގައި ޒަހަމްވި މީހާގެ ގައިން ފޭބި ލޭތައް މަގުމަތީގައި ފެންނަން ހުއްޓެވެ.

އެ އެކްސިޑެންޓާ ބެހޭ ގޮތުން ފުލުހުން ބުނީ އެ ހާދިސާ ބަލަމުން އަންނަ ކަމަށެވެ.