ފްރާންސްގެ ބޭކަރީއެއްގައި މަސައްކަތްކުރާ މީހަކު، ވަޒީފާއަށް ސަލާން ނުބުނެ ޗުއްޓީއެއް ނުނަގައި މަސައްކަތް ކޮށްފައިވާތީ 3600 ޑޮލަރު (55512 ރުފިޔާ) އިން ޖޫރިމަނާކޮށްފިއެވެ.

ފްރާންސްގައި ބޭކަރީއެއް ހިންގާ ކެޑްރިކްއަށް މި ޖޫރިމަނާ އައިސްފައިވަނީ ހުސްވިއަހަރުގެ ހޫނު މޫސުމުގައި އޭނާ މަސައްކަތުގެ އެއްވެސް ދުވަހެއް ޗުއްޓީގެ ގޮތުގައި ނަގާފައި ނުވާތީއެވެ.

ސެޑްރިކްގެ ބޭކަރީ ހިންގާ ސަރަހައްދުގެ ގަވައިދު ބުނާގޮތުން ހޫނު މޫސުމުގައި ވިޔަފާރިތައް ހިންގަންވާނީ ހަފްތާ އަކު ހަ ދުވަހުއެވެ. އަދި އެެއްދުވަސް ޗުއްޓީގެ ގޮތުގައި ނަގަންވާނެ ކަމަށްވެސް އެ ސަރަހައްދުގެ ގަވައިދު ބުނެއެވެ.

ނަމަވެސް ހޫނު މޫސުމުގައި ފްރާންސަށް ޒިޔާރަތްކުރާ ފަރުތުވެރިންނަށް ޚިދުމަތް ދިނުމަށް ސެޑްރިކް ވަނީ އޭނާގެ ބޭކަރީ ހަފްތާގެ ހަތްދުވަހު ހުޅުވައި ޚިދުމަތް ދީފައެވެ.

ސެޑްރިކްގެ މައްޗަށް މި ޖޫރިމަނާ އައިނަމަވެސް އެ ސަރަހައްދުގެ މޭޔަރު ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކައިފައެވެ. މޭޔަރު ވިދާޅުވީ، ފްރާންސަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ބޭކަރީ ހުޅުވާފައި ބެހެއްޓުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ. ސެޑްރިކަށް ސަޕޯޓު ދިނުމަށް ގިނަ ބަޔަކު އަންނަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. އަދި އޭނާގެ މައްޗަށް އައި ޖޫރިމަނާ އަކީ ތާކުންތާކު ނުޖެހޭ ޖޫރިމަނާއެއް ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ދެހާސް ފަނަރަ ވަނަ އަހަރުވެސް ފްރާންސްގެ ބޭކަރީއެއް ހަފްތާގެ ހަތް ދުވަހު ހުޅުވާފައި ބެހެއްޓުމުން ވެރިމީހާ ވަނީ ޖޫރިމަނާކޮށްފައެވެ.