18 Mar 2018, 18:32
މާލެ ސަރަހައްދުގައި ޑިމާންޑާ އެއްވަރަށް ކަރަންޓު އުފެއްދުމަށްޓަކައި ސްޓެލްކޯއިން ހިންގާ ފިފްތު ޕަވަރ ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި އަޅާ ބޮޑު އިންޖީނުގޭގެ ކޮންސްޓްރަކްޝަންގެ 90 ޕަސަންޓު މަސައްކަތް ނިމިއްޖެއެވެ.
މިކަން ހާމަކޮށް، ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ވަނީ އިންޖީނުގޭގެ އިމާރާތުގެ މަސައްކަތުގެ ފޮޓޯތަކެއް އާންމުކޮށްފައެވެ.
The development of the largest powerhouse of@STELCOMALDIVESis ongoing in#Hulhumaléwith almost 90% of construction works completed. The powerhouse is expected to generate over 50mW of power, catering to the increasing demand in the greater Malé region.
#YouthCitypic.twitter.com/FuYAR9vspR— HDC (@hdcmaldives)March 18, 2018
ޗައިނާގެ ޑޮންފެންގް އިލެކްޓްރޯނިކް ކޯޕަރޭޝަން (ޑީއީސީ)އާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން އަޅާ އިންޖީނުގެއަކީ ސްޓެލްކޯއިން އަޅާ އެންމެ ބޮޑު އިންޖީނުގެއެވެ.
މި އިންޖީނުގެއިން 50 މެގަވޮޓުގެ ކަރަންޓު އުފައްދާނެއެވެ.
ސްޓެލްކޯއިން މާލޭގައި މިހާރު ހިންގާ އިންޖީނުގެއިން އުފައްދަނީ 75 މެގަވޮޓުގެ ކަރަންޓެވެ.
މި އަހަރުގެ ތެރޭގައި މި އިންޖީނުގޭގެ މަސައްކަތް ނިންމައި، އެތަނުން ކަރަންޓު އުފައްދަން ފަށަން ހަމަޖެހިފައިވާ އިރު، އެ ކަރަންޓު މާލެއަށްވެސް ފޯރުކޮށްދޭނެއެވެ.
މާލެއަށް ކަރަންޓު ފޯރުކޮށްދޭން ހަމަޖެހިފައިވަނީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު މެދުވެރިކޮށް އަޅާ ހައި-ވޮލްޓޭޖް ކޭބަލެއް މެދުވެރިކޮށް، ދެ ރަށުގެ ކަރަންޓު ނިޒާމު އެއް ވިއުގައަކުން ގުޅާލައިގެންނެވެ. ހައި-ވޮލްޓޭޖް ކޭބަލް އެޅުމުގެ މަސައްކަތްވެސް ކުރާނީ ޗައިނާގެ ޑީއީސީ ކުންފުނިންނެވެ.
"މާލޭގެ ނީޑްސް އިތުރުވަމުން ދަނީ. ހުޅުމާލޭގެ 50 މެގަވޮޓުގެ ޕަވަރހައުސް ކުރިޔަށް އޮތް ހަ މަސް ތެެރޭގައި ނިމި، ބޭނުންކުރަން ފެށުމުން މާލެއަށް ބޭނުންވާ ޕަވަރ މި ވިއުގައިން ލިބޭނެ،" ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު އެވެ.