ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ދެ ކިލޯގެ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ފުލުހުންގެ ޑްރަގް އެންފޯސްޓްމަންޓް ޑިޕާޕްމެންޓުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ދެ ކިލޯގެ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ބިދޭސީއެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ މައްސަލާގެ އިތުރު އެއްވެސް ތަފްސީލެއް އަދި ފުލުހުން އާންމެއް ނުކުރެ އެވެ.