17 Mar 2018, 11:13
ރޭ އިދިކޮޅު ކޯލިޝަން ފަރާތުން ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރު ކުރި 139 މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ވެސް އެބަ ތިބި ކަމަށް ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
ޝިފާން ވިދާޅުވީ ރޭގެ އެއްވުމުގެ ތެރެއިން 141 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ 139 މީހުން ކަމަށެވެ.
އެއީ، 26 އަންހެންނުންނާއި 113 ފިރިހެނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރޭގެ މުޒާހަރާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި ރާއްޖެ ޓީވީގެ ތިން ނޫސްވެރިއަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.