17 Mar 2018, 11:00
ސްޓާ ޕްލަސް އިން ކުރިން ދެއްކި މަގްބޫލު ޑްރާމާ ސިލްސިލާ "ސާތު ނިބާނާ ސާތިޔާ"ގެ ބަތަލާ ލަވްލީން ކޯ ސަސަން (ޕަރީދީ) އެންގޭޖް ކޮށްފި އެވެ.
ލަވްރީންގެ ލޯބިވެރިޔާ ކޯޝަކް ކްރިޝްނަމާތީ އަކީ ވިޔަފާރިވެރިއެކެވެ. ސޯޝަލް މީޑިއާގައި އެ ދެ މީހުން އެންގޭޖްވި ކަމުގެ ފޮޓޯތައް ހިއްސާކޮށްފައިވާ އިރު ލަވްރީންގެ ފޭނުން އަންނަނީ އެ ދެމީހުންނަށް ތަހުނިޔާ ކިޔަމުންނެވެ.
ލަވްލީން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އެންގޭޖްވުމުން އުފާވާ ކަމަށާއި އަވަސް މުސްތަގްބަލެއްގައި ކައިވެނި ކުރާނެ ކަމަށެވެ.
"އަހަރެމެން ދެ މީހުން ވެސް މިހުރީ ވަރަށް އުފާވެފައި. އޭނާ އާ އެންމެ ފުރަތަމަ ދިމާވީ ޗެޓް ގްރޫޕަކުން،" ލަވްރީން ވަނީ ބުނެފަ އެވެ.
މައުލޫމާތު: އިންޑިއާ ޓީވީ