17 Mar 2018, 10:49
ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި ކުޅަދާނަ ޑައިރެކްޓަރު ޑެވިޑް ދަވަން އަކީ ރޮމޭންޓިކް ކޮމެޑީތަކަށް އެއް ވަނަ ޑައިރެކްޓަރެވެ.
އޭނާގެ 50 އަހަރުވީ ދިގު ކެރިއަރުގައި ވެސް އޭނާގެ ފިލްމުތައް ހުރީ ރޮމޭންޓިކް ކޮމެޑީގެ ޖޯންރާ އަށެވެ.
ހެއްވާ މަޖާ ލޯބީގެ ގިނަ ފިލްމުތަކެއް ގެނެސްދިން ޑޭވިޑް ބުނީ ދެން އޭނާ ބޭނުން ވަނީ ސީރިއަސް ފިލްމެއްގެ މަސައްކަތް ފެށުމަށް ކަމަށެވެ.
ޑޭވިޑް ބުނީ އެންމެ ފުރަތަމަ އޭނާ އަށް އެ ހިޔާލު ލިބުނީ ފިލްމު "އޮކްޓޯބަރ"ގައި އޭނާގެ ދަރިފުޅު އަދި ބޮލީވުޑްގެ އެންމެ ޑިމާންޑް ބަތަލު ވަރުން ދަވަން ދައްކުވައިދީފައިވާ އެކްޓިން އަށް ފަހު ކަމަށެވެ.
"އަސްލު ދަރިފުޅު އަހަރެން އިންސްޕަޔާ ކޮށްދިނީ. ސީރިއަސް ފިލްމެއް ހެދުމުގެ މަސައްކަތް ދެން ފަށާނީ. މިހާރު މިދަނީ ދަރިފުޅާ ވެސް ހިޔާލުތައް ހިއްސާ ކުރަމުން. އަހަރެން ޔަގީން ކަން ދެން. ދަރިފުޅު ވަރުން އާ ދެ މީހުން ވެގެން ބެލުންތެރިން ސިއްސުވާލާ ކަހަލަ ފިލްމެއް ގެނެސްދޭނަށް،" އޭނާ ބުންޏެވެ.