Last Updated: 8 year 8 month ago

ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ކުރިއަށްދާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން ސަން އިން ކުރިއަށް ގެންދާ ޚާއްސަ ކަވަރޭޖަށް މަރުހަބާ!

ޖުމްހޫރީ މައިދާނަށް ވަދެގަތުމަށްޓަކައި ތަކުރާރުކޮށް މުޒާހަރާގެ ބައިވެރިން ކުރި މަސައްކަތް ފުލުހުން ނާކާމިޔާބު ކޮށްލުމުން، ވަކި ހިސާބަކުން މުޒާހަރާ ވަނީ ހުއްޓާލާފައި. މިރޭގެ މުޒާހަރާގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ

އެމްއެމްއޭ ސަރަހައްދަށް އެއްވާން މަސައްކަތް ކުރި މުޒާހަރާގެ ބައިވެރިންނާ ދިމާލަށް އަނެއްކާވެސް ކަރުނަގޭސް ޖަހައިފި

މާރުކޭޓު ސަރަހައްދަށް އަނެއްކާވެސް ކަރުނަ ގޭސް ޖަހައިފި.

މިހާރު މުޒާހަރާގެ ބައިވެރިން ތިބީ ލޯކަލް މާރުކޭޓްއާ ހަމައަށް ފަހަތަށް ޖައްސާފައި. ފުލުހުން ވަނީ މުޒާހަރާގެ ތެރެއިން އިތުރު އަށް މީހަކު ހައްޔަރުކޮށްފައި.

މުޒާހަރާގައި މިހާރު ހަރަކާތްތެރިވަނީ އަތޮޅުތަކުން އައިސްގެން އުޅޭ 100 އެއްހާ މީހުން. ލީޑަރުން ފިލައިފި.
ސުޕްރީމް ކޯޓުން މިރޭ އަމުރެއް ނުނެރޭނެ، އެއީ ރައްޔިތުން ހިފަހައްޓަން ދައްކާ ވާހަކަ.
ސޯޅަ ވަނަ ދުވަސް ނިމިއްޖެ، ސަރުކާރު ވައްޓައެއް ނުލެވުނު.
Muzaaharage baiveriaku hamala dhinumuge sababun fuluhakah vany aniyavefai. Aniya libifaiva fulus officer ge athugai fracture eh vany laafai.
— Maldives Police (@PoliceMv)March 16, 2018
ސިފައިން ދަނީ މުޒާހަރައިގެ ބައިވެރީން، އެސްޓީއޯ ސުޕަމާޓް ކައިރިން އޯކިޑް މަގުން ފަރީދީ މަގަށް ފަހަތަށް ޖައްސަމުން.
ކަރުނަގޭސް ޖެހުމަށްފަހު، ފަސް މީހަކު ހައްޔަރުކޮށްގެން ގެންގޮސްފި.
މުޒާހަރާގެ ބައިވެރިން ދުރުކުރުމަށް އެމްއެމްއޭ ސަރަހައްދަށް ކަރުނަ ގޭސް ޖަހައިފި.
ޖުމްހޫރީ މައިދާނަށް ވަންނަން އޮންނަ ގްރީން ޒޯން ހިމެނޭ ހުރިހާ މަގެއް ވަނީ ބަންދުކޮށްފައި.
ވީޑިއޯ ހަދައިގެން ފުލުހުންނަށް އިންޒާރުދިން މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި.
Video hadhaigen fuluhunnah inzaarudhin massalaigai 3 meehaku mirey vanee fuluhunge belumuge dhashah genevifai.
— Maldives Police (@PoliceMv)March 16, 2018
Fuluhaku raheenu kurikamah media gai hissakura khabary dhogu khabareh.
— Maldives Police (@PoliceMv)March 16, 2018
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ހަ މީހަކު ހައްޔަރުކޮށްފި. އޭގެ ތެރޭގައި އެމްޑީޕީގެ އެކްޓިވިސްޓު ނައީމާ މުހައްމަދު (ނައީމާއްތަ) ވެސް ހިމެނޭ.
މިހާރު ޕީޕީއެމް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމާ ވިދާޅުވީ ސުޕްރީމް ކޯޓުން ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރަކީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް. ގާނޫނުއަސާސީއާ ހިލާފަށް ނެރޭ އަމުރު ތަންފީޒު ނުކުރާނެ ކަމަށް އާޒިމާ ވިދާޅުވި.
ރައްޔިތުންނަށް ރައްކާތެރިކަން އޮތީ މަގުމަތި ބެލެހެއްޓިގެން ކަމަށްވާތީ އެކަން ފުލުހުންނާއި ސިފައިން ކުރާނެ ކަމަށް އާޒިމާ ވިދާޅުވި. އަދި ސަރުކާރުން ގާނޫނުއަސާސީ ތަންފީޒު ކުރާނެ ކަމަށާއި، ދައުލަތުގެ ޒިންމާއަކީ ދައުލަތުގެ ހުރިހާ ބާރެއް ތަންފީޒު ކުރުން ކަމަށް ވިދާޅުވި.
"ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް އެބައޮތް ކޯޓުތަކުން އަމުރުތައް ނުކުންނަން ޖެހޭނީ ކިހިނެތް ކަން." އާޒިމާ
ފުލުހުންނަށް ހަމަލާދިނުމަށް އަދި މިރޭ މީހުންގެ މުދަލަށް ގެއްލުންދޭ ވާހަކަ ހަބަރުތަކުން އަޑުއިވިގެން މިދަނީ، އެކަމަށް ފުރުސަތެއް ނުދޭނަން. ފުލުހުންނާއި ސިފައިން އެކަމަށް ފުރުސަތެއް ނުދޭނެ.
މަޖީދީ މަގަށް އެއްވި މުޒާހަރާގެ ބައިވެރިން މިހާރު ވަނީ ފަހަތަށް ޖައްސަމުން އެކި ދިމަދިމާލަށް ބެހިފައި. އެއް ސަރަހައްދެއްގައި އެހާ ގިނަ މީހުން މިހާރު ހަރަކާތްތެރިއެއް ނުވޭ.
ރާއްޖެ ޓީވީގެ ޕްރޮގްރާމް ހެޑް، އާމިރު ސަލީމްވެސް ފުލުހުން ހައްޔަރުކޮށްފި.
ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް ހައްޔަރުކޮށްފި.
އެއްވުމުގެ ބައިވެރިން މާވެޔޮ މަގާ ހަމައަށް ފަހަތަށް ޖައްސައިފި.
ގާސިމް ދައްކަންޖެހޭ ފައިސާ ހަރަދު ކުރަމުންދަނީ ވެރިކަން ވައްޓާލަން.
އެއްވުމުގެ ތެރެއިން ރާއްޖެ ޓީވީގެ ނޫސްވެރިޔާ އަހުމަދު ފަޒީން ހައްޔަރުކޮށްފި.
މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަން ފުލުހުން ދަނީ މަސައްކަތް ކުރަމުން.
އެހެން ދީނެއް މިގައުމަށް ގެންނަން ދިވެހި ސިފައިންނާއި ފުލުހުން ވެސް ބޭނުމެއް ނުވާނެ.
ހުރިހާ އިލްމުވެރިން ތެދުވެ، މި ކުޑަ ގައުމުގެ އިސްލާމީ ވަހުދަތުގެ އަގު ހިފެހެއްޓުމަށް ރާއްޖޭގެ އިލްމުވެރިންނަށް މައުރޫފް ގޮވާލައްވައިފި.
ބޮޑު16 ގެ ދެވަނަ ރޭ ވެސް ކަމެއް ނުވެއްޖެނަމަ ދެން އެ ހަރަކާތްތައް ހުއްޓާލަން އިދިކޮޅު ފަރާތްތަކަށް ނިހާން ގޮވާލައްވައިފި.
އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ދިނުމަކީ ދިވެހި އެއްވެސް ރައްޔިތަކު ގަބޫލުކުރާ ކަމެއް ނޫން.
ސިފައިންނާއި ފުލުހުންނާ ގުޅުވައިގެން ވީޑިއޯތައް ހަދަނީ އެ މުއައްސަސާތަކުގެ ބަދަހި ސަފުތައް ފޫއަޅާލަން.
މުޒާހަރާ ކުރާ ސަރަހައްދުން ގިނަ އަދަދެއްގެ ބަޔަކު ފުލުހުން ދަނީ ހައްޔަރުކުރަމުން. މިހާތަނަށް ހައްޔަރުކޮށްފައިވަނީ ކިތައް މީހުން ކަމެއް ސާފެއް ނުވޭ.
މުޒާހަރާކުރާ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން ދަނީ އިލްތިމާސްކުރަމުން. ފުލުހުން އަންގާފައިވަނީ މުޒާހަރާ ރޫޅާލާއިރު ވާ އެއްވެސް ގެއްލުމަކަށް ޒިންމާ ނުނަގާނެ ކަމަށް.
އިސްލާމީ މަރުކަޒު ކައިރީ ކުރީގެ ދިރާގު އިމާރާތުގައި ހަދާފައިވާ ޕާކިންގް ޒޯންގައި ޕާކު ކޮށްފައި އޮތް ކާރެއްގައި ރޯކޮށްލައިފި.
އެމްއެންޑީއެފުން ބުނީ މިރޭ 8:50 އެހާއިރު ދާރުލް އާސާރު ކައިރީ އޮތް ކާރެއްގައި ރޯކޮށްލައިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް. މިހާރު އަލިފާން ނިވާލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައި.

އިސްލާމީ މަރުކަޒު ކައިރީ އޮތް ކާރެއްގައި ރޯވެ އަނދަނީ --








