ދިވެހިރާއްޖޭގެ ދީނަކީ ހަމައެކަނި އިސްލާމް ދީން ކަމަށް އޮންނަ އޮތުމާމެދު ހަސަދަވެރިވާ ފަރާތްތަކުން ކުރާ މަސައްކަތްތައް ކާމިޔާބު ނުވާނެކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ، ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ޑީން ޝެއިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

ޝެއިޚް އަލީ ޒާހިރު އެހެން ވިދާޅުވީ، އިއްޔެ އީޔޫއިން ފަސްކޮށް ނެރެފައިވާ ގަރާރާ ގުޅިގެން އޭނާ މިއަދު ކުރައްވާފައިވާ ޓުވީޓެއްގައެވެ.

އީޔޫއިން އިއްޔެ ފާސްކުރި ގަރާރުގައި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުން ދާތީ އެކަން ހުޓާލުމަށާއި އެކި ދީންތަކަށް ފުރުސަތު ދިނުމަށް ވަނީ ގޮވާލައިފައެވެ.

އަލީ ޒާހިރު ވިދާޅުވީ، ކާފިރުންނާއި އެމީހުންގެ އެކުވެރިން މި ރާއްޖެއިން އިސްލާމްދީން ނޫން އެހެން ދީނަށް ޖާގަދިނުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވާނެކަމަށެވެ.